ކަނޑު ގަދަވެ، އުދައެރުން އެކަށީގެންވޭ: މެޓް އޮފީސް

މިހާރު ކުރަމުންދާ ވިއްސާރާގައި، މި ރެއާއި މާދަމާ ރާއްޖޭގެ އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ (މެޓް) އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ މިރޭ 8:00 އިން މާދަމާރޭ 8:00 އަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

އުތުރާއި މެދުތެރޭގެ ކަނޑުތަކުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރާއި މެދުތެރެއާއި ދެކުނުގައި މިރޭ އެންމެ ދިޔަ ބޮޑުވާ ގަޑީގައި އުދައެރުންވެސް އެކަށީގެންވާ ކަމަށެވެ.

comment ކޮމެންޓް