އެމެރިކާ-ކޮރެއާ ސަމިޓް ކެންސަލް ކުރެއްވުމަށްފަހު ޓްރަމްޕް ޚިޔާލު ބަދަލު ކުރައްވައިފި

އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --- ފޮޓޯ: ރޮއިޓާސް

އެމެރިކާއާއި އުތުރު ކޮރެއާއާ ދެމެދު ބާއްވަން ނިންމާފައިވާ ތާރީޚީ ސަމިޓް ކެންސަލް ކުރެއްވުމަށްފަހު، އަލުން އެ ސަމިޓް ބޭއްވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"ދެން ވާނެ ގޮތެއް ބަލަން ތިބެންވީ. އެމީހުންނާ ވާހަކަ ދައްކަމުން މިދަނީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

އުތުރު ކޮރެއާއާއެކު އެމެރިކާ އިން ބާއްވަން ނިންމި ބައްދަލުވުން ޓްރަމްޕް އިއްޔެ ކެންސަލް ކުރެއްވީ އުތުރު ކެރެއާ އިން ދެކޮޅުވެރިކަމުގެ ވާހަކަތައް ދައްކާ ކަމަށް ބުނެއެވެ.

އެ ސަމިޓް ކެންސަލް ކުރައްވައި ޓްރަމްޕް ފޮނުއްވި ސިޓީގައި ވަނީ "ކޮންމެވެސް ދުވަހަކުން ކިމްއާ ބައްދަލު ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ" ކަމަށް ވިދާޅުވެފައެވެ.

އެ ސަމިޓް ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައެވެ. ސަމިޓް ކެންސަލް ކުރުމުގެ ކުރިން ކޮރެއާ އިން ވަނީ ނޫސްވެރިންގެ ކުރިމަތީ އެގައުމުގެ ނިއުކްލިއާ ހަތިޔާރު ސައިޓުވެސް ނައްތާލައިފައެވެ.

ކޮރެއާއާއެކު ވާހަކަތައް ދެން ކުރިއަށްގެންދާނެ ސީދާ ތާރީޚެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ. ކޮރެއާ އިން ބުނީ އެމެރިކާއާއެކު ކޮންމެ ވަގުތަކުވެސް ވާހަކަދައްކަން ތައްޔާރަށް އޮތް ކަމަށެވެ.

comment ކޮމެންޓް