ޕޭޓެންޓް މައްސަލައިގައި އެޕަލްއަށް އަނެއްކާވެސް މޮޅެއް!

އެޕަލްގެ އެންމެ ފަހުގެ ފޯނު އައިފޯނު އެކްސް (ކ) އަދި ސެމްސަންގް އެސް9 އެއް (ވ) ---

ސެމްސަންގުން އެޕަލްގެ ރެޖިސްޓާޑް ޑިޒައިންތަކާއި އައިޑިއާސްތައް ބޭނުންކުރާތީ އެޕަލްއިން ސެމްސަންގާ ދެކޮޅަށް އުފުލާފައިވާ ދައުވާގައި އެޕަލްއަށް އަނެއްކާވެސް ކުރި ލިިބިއްޖެއެވެ.

ސެމްސަންގުން އެޕަލްގެ ހުއްދަ ނެތި އެކުންފުނީގެ ރެޖިސްޓާޑް އައިޑިއާސްތައް ކޮޕީކޮށްފައިވާތީ އެޕަލްއަށް ލިބުނު ގެއްލުން ހޯދުމަށް ކެލިފޯނިއާގެ ސެންޖޯސް ފެޑަރަލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި އެންމެ ފަހުން ސެމްސަންގަށް ޖެހިފައިވަނީ އެޕަލްއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 539 މިލިއަން ޑޮލަރު ދައްކާށެވެ.

ސެމްސަންގު ފޯނުތަކުގައި ހިމަނާގައިވާ "ކަން ވަށްކުރުން" އަދި އެޕް ގްރިޑް އަކީވެސް އެޕަލްގެ ކޮޕީއެއްކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.

އެޕަލްއިން ބުނީ ކަސްޓަމަރުން ހިތްހަމަޖެހޭ ޑިޒައިންތައް އުފެއްދުމަށް ބުރަ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ. އެޕަލް އިން ސެމްސަމްގާ ދެކޮޅަށް ޕޭޓެންޓް މަައްސަލާގައި ދައުވާ ކުރަން ފެށީ 2011 ވަނަ އަހަރުއެވެ. މިހާތަނަށް ސެމްސަންގުން އެޕަލްއަށް ޖުމްލަ 2.5 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ނަމަވެސް އެޕަލްގެ ޑިޒައިން އަކީ ރެޖިސްޓާޑް ޓްރޭޑް މާކެއް ނޫން ކަމަށް މަތީ ކޯޓަކުން ކަނޑައެޅުމުން އެޕަލްއަށް ސެމްސަންގުން ދަށްކަން ޖެހޭ އަދަދު ވަނީ 539އަށް ދަށްވެފައެވެ.

comment ކޮމެންޓް