"ކާލާ"ގެ ބަޠަލާއަކަށް ހުމާ ގުރައިޝީ

ބަތަލާ ހުމާ ގުރައިޝީ---

ޕާ ރަންޖީތް ޑައިރެކްޓްކޮށް އުފައްދާ ފިލްމު "ކާލާ"ގެ ބަތަލާއަކަށް ބޮލީވުޑްގެ ތަރި ހުމާ ގުރައިޝީ ހަމަޖައްސައިފިއެވެ.

ބޮލީވުޑްގެ ކްރިޓީކް ތަރަން އާދަޝް ކުރި ޓްވީޓެއްގައި އެކަން ވަނީ ކަށަވަރުކޮށްދީފައެވެ. ހުމާ އާ އެކީ ފިލްމުން ފެނިގެންދާނެ ބައެއް ތަރިންނަކީ ޕަންކަޖް ޓްރިޕަތީ، އީޝްވާރީ އަދި ނެހާ ޕަޓޭކަރް އެވެ.

ފިލްމުގެ ޕޯސްޓަރު މިހާރު އާންމުކޮށްފައިވާއިރު ހުމާ އެ ފިލްމުގައި ފެނިގެންދާނީ 45 އަހަރުގެ ޒަރީނާ ކިޔާ އަންހެން މީހެއްގެ ރޯލުންނެވެ. ބޭރުގެ މީޑިއާތަކަށް ހުމާ ދިން އިންޓަވިއުއެއްގައި ބުނީ "ކާލާ" މި ފިލްމަށް ކެނޑިނޭޅި އިންތިޒާރުކުރަމުންދާ ކަމަށާއި، ހުމާ ކޮށްފައިވާ މަސައްކަތް ބެލުންތެރިން ބަލައިގަންނާނެ ކަމަށް އުންމީދުކުރާކަމަށެވެ.

"ކާލާ" ރިލީޒްކުރުން އެކި ފަހަރުގެ މަތިން ވަނީ ފަސްކޮށްފައެވެ. ކުރިން އެ ފިލްމު އޭޕްރިލް 27 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހުނު ނަމަވެސް ދިމާވި ބައެއް ސަބަބުތަކަކާ ހުރެ އެ ފިލްމު ވަނީ ފަސްކޮށްފައެވެ.

"ކާލާ" ސްކްރީނަށް އަންނާނީ އަންނަ ޖޫން މަހުގެ ހަތް ވަނަ ދުވަހުއެވެ.

comment ކޮމެންޓް