ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެ ކުންފުނިން ބުނީ ތެލުގެއަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ކަމަށެވެ.

މި ބަދަލާއެކު މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 41 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ބޮޑުކޮށްފައެވެ. އެހެންކަމުން ދެން ޑީސަލް ލީޓަރެއް ލިބޭނީ 11.13 ރުފިޔާ އަށެވެ. އަދި ޕެޓްރޯލު ލީޓަރެއްގެ އަގު ވަނީ 10.77 އަށް ބޮޑުވެފައެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ.

މިއީ އެސްޓީއޯއިން މި އަހަރުގެ ތެރޭގައި ތެލުގެ އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ.

comment ކޮމެންޓް