އޮބާމާގެ ދެކަނބަލުން ނެޓްފްލިކްސް އާއެކު އެއްބަސްވުމެއް އެކުލަވާލައްވައިފި

ޑޮނަލްޑް ޓްރަމްޕް މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމީ ދަރުބާރުގައި އޮބާމާގެ ދެކަނބަލުން -- ފޮޓޯ/ އޭޕީ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝެލް އޮބާމާ ނެޓްފްލިކްސް އާއެކު އެއްބަސްވުމެއް އެކުލަވާލައްވައިފިއެވެ.

އޮބާމާގެ ދެކަނބަލުން ނެޓްފްލިކްސް އާއެކު އެކުލަވައިލެއްވި އެއްބަސްވުމުގެ ދަށުން ނެޓްފްލިކްސްގެ ކޮންޓެންޓު އެބޭފުޅުން ޕްރޮޑިއުސް ކުރައްވާނެއެވެ. އޭގެ ތެރޭގައި ފިލްމު އަދި ސީރީޒްވެސް ހިމެނެއެވެ.

ނެޓްފްލިކްސްގެ ބައެއް ޕްރޮގްރާމުތައް އޮބާމާގެ ދެކނަބަލުން ޕްރޮޑިއުސް ކުރައްވަން އުޅޭކަމަށާއި، އެކަމާގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށް މިއަހަރުގެ ކުރީކޮޅު ވަނީ އަޑު ފެތުރިފައެވެ.

ނެޓްފްލިކްސްގެ ކޮންޓެންޓް ހެޑް ވަނީ އޮބާމާގެ ދެކަނބަލުންނާއެކު ނެޓްފްލިކްސް އިން މަސައްކަތް ކުރާނެކަން ޔަގީންކޮށްދީފައެވެ.

މި ޕްރޮގްރާމުތައް ޕްރޮޑިއުސް ކުރާނީ އޮބާމާގެ ދެކަނބަލުން އުފައްދަވާފައިވާ ހަޔާ ގްރައުންޑް ޕްރޮޑަކްޝަންސް އިންނެވެ.

މި ކޮންޓްރެކްޓްގެ އަގު އަދި ހާމަ ނުކުރި ނަމަވެސް މިއީ "އަގުބޮޑު އެއްބަސްވުމެއް" ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް