އޯޕަން މައިޓީވީ: ކޮންމެ ތަނެއްގައި ހުރެގެންވެސް މީޑިއާނެޓްގެ ޗެނަލްތައް ބަލައިލެވޭނެ!

މީޑިއާނެޓުން ވަނީ އޯޕަން މައިޓީވީ ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުރެވެސް މީޑިއާ ނެޓްގެ ޗެނަލްތައް ބެލޭނޭ ގޮތް ހަދާފައި--

މީޑީއާނެޓްގެ ޗެނަލްތައް ކޮންމެތަނެއްގައި ހުރެގެންވެސް ފަސޭހަކާމާއެކު ބަލާލުމަށް "އޯޕަން މައިޓީވީ"ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

މީޑިއާނެޓުން ތައާރަފްކޮށްފައިވާ އެ އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުންވެސް ލިބެންހުންނާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

މީޑިއާ ނެޓުން ބުނީ، މީޑިއާނެޓްގެ "ވޯންޓް އިޓް އޯލް" ކަސްޓަމަރުންނަށް އިތުރު އެއްވެސް ފީ އަކާނުލައި އޯޕަން މައިޓީވީގެ ޚިދުމަތް ލިބޭނޭ ކަމަށެވެ.

މީޑިއާނެޓުން ވަނީ އޯޕަން މައިޓީވީ ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުރެވެސް މީޑިއާ ނެޓްގެ ޗެނަލްތައް ބެލޭނޭ ގޮތް ހަދާފައި--

އިތުރު ކަސްޓަމަރުންނަށް ވެސް އޯޕަން މައިޓީވީ މެދުވެރިކޮށް މީޑިއާ ނެޓްގެ ޗެނަލްތައް ހެޔޮ އަގެއްގައި ލިބޭނޭ ކަމަށް އެކުންފުނިން ބުންޏެވެ. އެގޮތުން އޯޕަން މައިޓީވީގެ އިންޓްރޯ ޕެކޭޖް ބޭސިކް ޕެކޭޖަށް ސަބްސްކްރައިބްކޮށްލައިގެން މި ޚިދުމަތުގެ އަގު ވަޒަން ކޮށްލެވޭނެއެވެ.

"އޯޕަން މައިޓީވީ" ހޮޓްސްޕޮޓްތައް މާލެ އަދި ހުޅުމާލޭގެ އެކި ހިސާބުތަކުގައި ވަނީ ގާއިމުކުރެވިފައެވެ.

އޯޕަން މައިޓީވީގެ އިތުރު މައުލޫމާތު، "އޯޕަން މައިޓީވީ"ގެ ވެބްސައިޓުން ލިބޭނެއެވެ.

މީޑިއާ ނެޓުން ބުނީ، އޯޕަން މައިޓީވީ އެޕްލިކޭޝަނަކީ މީޑިއާނެޓްގެ ހިދުމަތް ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ފޯރުކޮށްދީ ކޮންމެތަނެއްގައި ހުރެގެންވެސް މީޑިއާނެޓްގެ ޗެނަލްތައް ކަސްޓަމަރުންނަށް ބަލާލުމުގެ ފުރުސަތު ދިނުމަށް ތައާރަފްކުރި އެޕްލިކޭޝަނެއްކަމަށް މީޑިއާނެޓުން ބުންޏެވެ.

comment ކޮމެންޓް