ބާޒާރުގައި އަލުވީގެ އަގު ހެޔޮވެއްޖެ

ބާޒާރު ސަރަހައްދުން މީހަކު އަލުވި ބަސްތާއެއް ކޮނޑު ޖަހައިގެން ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވޭތުވެދިޔަ ހަފްތާ ބާޒާރުގައި އަލުވީގެ އަގު އުފުލިފައި ހުރުމަށްފަހު އަލުވީގެ އަގު ހެޔޮވެއްޖެއެވެ.

ބާޒާރުގައި މިހާރު އަލުވި ބަސްތާއެއްގެ އަގު އުޅެނީ 380 ރުފިޔާއާއި 350 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއްގެ އަގު އުޅެނީ 18 ރުފިޔާއާއި 20 ރުފިޔާއަށެވެ.

މިދިޔަ ހަފްތާގައި އަލުވި ބަސްތާއެއްގެ އަގު 450 ރުފިޔާގައި ހުރުމަށްފަހު އަލުވީގެ އަގު ހެޔޮވެފައިވާ ސަބަބެއް ކަމަށް އަލުވި އެތެރެކުރާ ފާރާތްތަކުން ބުނީ، އަލުވީގެ އަގު ހެޔޮކުރީ ވޭތުވެދިޔަ ހަފްތާގައި އަލުވި އެތެރެކުރެވުނު މިންވަރަށްވުރެ މިހާރު އަލުވި އެތެރެކުރާ މިންވަރު އިތުރުވުން ކަމަށެވެ.

https://sun.mv/105815

ރައްޔިތުންގެ ކުންފުނި އެސްޓީއޯއިން ވަނީ އިއްޔެ އަލުވީގެ އައު ޝިޕްމަންޓެއް ގެނެސް ބާޒާރަށް ނެރެފައެވެ. ނަމަވެސް އެސްޓީއޯއިން ފުރަތަމަ ގެނައި ޝިފްމަންޓްގެ އަގަށްވުރެ، އެ ކުންފުނިން ވަނީ ފަހުގެ ޝިފްމަންޓްގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން މިހާރު އެސްޓީއޯއިން އަލުވި ބަސްތާއެއްގެ އަގު އުޅެނީ 220 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް އުޅެނީ 11 ރުފިޔާއަށެވެ.

ރަމަޟާންމަހަކީ ކާބޯތަކެއްޗަށް އޮންނަ ޑިމާންޑް އިތުރުވަމުންދާ މަހެއްކަމުން ކާބޯތަކެތި އެތެރެކުރާ މިންވަރަށްބަލައި ތަކެތީގެ އަގުތަކަށް އަބަދުވެސް ބަދަލުތައް އަންނަމުންދާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް