ޝްވެތާ ބައްޗަން ވެސް ކެމެރާގެ ކުރިމައްޗަށް!

މަޝްހޫރު ބައްޗަން އާއިލާއިން ފިލްމީ ދާއިރާގައި އެއްވެސް އިރެއްގައި މަސައްކަތް ނުކުރާ ހަމައެކަނި މެމްބަރަކީ އަމީތާބް ބައްޗަންގެ އަންހެން ދަރިފުޅު ޝްވެތާ ބައްޗަން ނަންދާއެވެ.

ނަމަވެސް މިހާރު އެކަން ކޮންމެސް ވަރަކަށް މިވަނީ ބަދަލުވެފައެވެ. ފިލްމަކުން ނޫން ނަމަވެސް ޝްވެތާ މިވަނީ ކެމެރާގެ ކުރިމައްޗަށް ނުކުމެފައެވެ.

ޝްވެތާ ކެމެރާގެ ކުރިމައްޗަށް ނުކުމެފައި ވަނީ އިޝްތިހާރަކުންނެވެ. އިޝްތިހާރުގައި ޝްވެތާ އާއެކު ފެނިގެން ދާނީ ބައްޕަ އަމީތާބެވެ.

އިޝްތިހާރު ވަރަށް އަވަހަށް ދައްކަން ފަށާނެ ކަމަށް ޚަބަރުތައް ބުނާއިރު، އެއީ ގަހަނާ ބްރޭންޑެއްގެ އިޝްތިހާރެކެވެ. އިޝްތިހާރުގެ ފަހަތުގައިވާ ވާހަކައާއި، އިޝްތިހާރުގެ ދިގު މިން އަދި ހާމަކަށްފައެއް ނުވެއެވެ.

އިޝްތިހާރުގެ ސެޓުގައި ނަގައިފައިވާ ބައެއް ފޮޓޯތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އިޝްތިހާރުގައި ވެސް އަމީތާބް އަދި ޝްވެތާ ފެނިގެން ދާނީ ބައްޕަ އާއި ދަރިފުޅުގެ ގޮތުގައެވެ.

މަސައްކަތަށް ބަލާއިރު ޝްވެތާ މިހާރު އަންނަނީ އޭނާގެ ފުރަތަމަ ފޮތް، 'ޕެރެޑައިޒް ޓަވާޒް' ލޯންޗު ކުރުމަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް