މައިގްރޭނަށް ހޯދި ފަރުވާ ބޭނުންކުރަން ހުއްދަ ދީފި

މައިގްރޭންއަށް ދިނުމަށް އީޖާދުކުރި ފަރުވާ ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދީފިއެވެ.

ކްރޮނިކް މައިގްރޭޝަން ނުވަތަ 14 ދުވަހުން މައިގްރޭނުގެ ކަންތައް ދިމާވާ މީހުންނަށް ހާއްސަ މި ފަރުވާއަށް ދީފައިވާ ނަމަކީ އެއިމޯވިގްއެވެ.

މި ފަރުވާއަކީ މަހަކު އެއްފަހަރު ޖަހާ އިންޖެކްޝަނެކެވެ. ބޭސް ސިޓީއަށް ދޫކުރާ މި އިންޖެކްޝަން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ބޭސްފިހާރަތަކުން ގަންނަން ލިބޭނެއެވެ.

މައިގްރޭނާ ބެހޭ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. އާމާލް ވިދާޅުވީ އަލަށް އީޖާދު ކުރި އިންޖެކްޝަނަކީ މައިގްރޭން ހުންނަ މީހުންނަށް އޮތް އުއްމީދީ ފަރުވާއެއް ކަމަށެވެ. މި އިންޖެކްޝަން ޖެހުމުން މައިގްރޭން އެޓޭކް ޖެހުމުގެ ފުރުސަތު 50 ޕަސެންޓް ދަށް ކޮށްދޭނެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ފިރިހެނުންނަށްވުރެ އަންހެނުންނަށް މައިގްރޭންގެ އަސަރު ކުރާ މިންވަރު 10 ޕަސެންޓް ބޮޑެވެ.

comment ކޮމެންޓް