މޯލްޑިވްސް ބިޒްނަސް އެވޯޑްސް ލޯންޗުކުރުން މާދަމާ ރޭ

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މީޑިއާ ޕާޓްނަރުކަމަށް ސަން މީޑިއާ ގްރޫޕު ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

ވިޔަފާރި ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި އަލަށް ތައާރަފުކުރާ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް" އިފްތިތާހުކުރުން މާދަމާ ރޭ އޮންނާނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ބްލޭޒަން އިންކުން ތައާރަފުކުރާ އެވޯޑެކެވެ.

ބްލޭޒަންއިން މައުލޫމާތު ދޭ ގޮތުގައި، މޯލްޑިވްސް ބިޒްނަސް އެވޯޑްސް އިފްތިތާހުކުރުން އޮންނާނީ މާދަމާރޭ ހުޅުލެ އައިލެންޑް ހޮޓެލްގައި ބާއްވާ ޚާއްސަ ރަސްމިއްޔާތަކާ އެކުގައެވެ.

https://sun.mv/105405

މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ރާއްޖޭގެ އިގްތިސާދީ އެކި ސިނާއަތްތަކާއި ދާއިރާތަކުން ފާހަގަކުރެވޭ ވިޔަފާރިތަކަށް ދޭ އެވޯޑެކެވެ. އެވޯޑުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދަކަށް އެ ވިޔަފާރިއަކުން އަންނަ ބަދަލާއި ރާއްޖޭގެ ވިޔަފާރި ސެކްޓަރތައް ތަރައްގީކުރުމަށް ކުރާ މަސައްކަތް ފާހަގަކުރުމެވެ.

ބްލޭޒަންއިން ބުނީ އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ ވިޔަފާރި ހިންގުމުގައި އަމަލީ ގޮތުން ތަޖުރިބާ ލިބިފައިވާ ފަރާތްތައް ހިމެނޭ ފަނޑިޔާރުންގެ ޕަނަލެއްގެ އިތުރުން، އެ ޕެނަލަށް ލަފާ ދިނުމަށް ކަނޑައަޅާ، އިގްތިސާދީ ސިޔާސަތު ކަނޑައެޅުމުގެ އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެއް ހިމެނޭ އެޑްވައިޒަރީ ބޯޑެއްވެސް ހިމެނޭ ގޮތަށެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

comment ކޮމެންޓް