ރޮހިންގާ ކޭޕްތަކަށް ބޮލީވުޑް ތަރި ޕްރިޔަންކާ ޒިޔާރަތްކޮށްފި

ބަތަލާ ޕްރިޔަންކާ ބަންގުލަދޭޝްގެ ކޮޒް ބާޒާރުގައި ހިމާޔަތް ހޯދާފައިވާ ރޮހިންގާ މުސްލިމުންގެ ކޭމްޕުތަކުގައި---

ބަންގުލަދޭޝްގެ ކޮޒް ބާޒާރުގައި ހިމާޔަތް ހޯދައިގެން ތިބި ރޮހިންގާ މުސްލިމުންގެ ކޭމްޕުތަކަށް މަޝްހޫރު ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޒިޔާރަތް ކޮށްފިއެވެ.

ޔުނިސެފުގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ގުޑްވިލް އެމްބަސެޑަރުގެ ހައިސިއްޔަތުން ރެފިއުޖީ ކޭޕްތަކަށް ޕްރިޔަންކާ ޒިޔާރަތްކޮށްފައިވާއިރު ގިނަ ބައެއްގެ ތައުރީފު އޭނާއަށް ވަނީ ލިބިފައެވެ.

ކޭމްޕްތަކުގައި ހިއްސާކުރި ވަގުތުތަކުގެ ފޮޓޯތައް ޕްރިޔަންކާގެ އިންސްޓަގްރާމްގެ އެކައުންޓްގެ އިތުރުން ޓްވިޓާ އެކައުންޓްގައި ވަނީ ހިއްސާކޮށްފައެވެ.

"އެ ސަރަހައްދުގައި ހަތް ލައްކައަށްވުރެ ގިނަ ރެޕިއުޖީން ތިބިއިރު އޭގެ ތެރެއިން 60 ޕަސެންޓަކީ ކުޑަކުދިން،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ ރޮހިންގާ މުސްލިމުންގެ ގެދޮރެއް ނެތް ކަމަށާއި ކުޑަމިނުން ކައިބޮއި ހަދާނޭ އެއްޗެއްވެސް އެމީހުން އަތުގައި ނެތް ކަމަށެވެ.

އެ މީހުންނާ ދިމާވުމުން އެމީހުންގެ އިހުސާސްތައް ދެނެގަނެވުނު ކަމަށާއި ރޮހިންގާ މުސްލިމުންގެ މޫނު މަތިން ވެސް ހިތާމައިގެ އަސަރު ފާޅުވާން ހުރި ކަމަށެވެ.

"އެ ކުޑަކުދިންނަކީ މާދަމާގެ މުސްތަގްބަލް. އަހަރެމެން އެންމެންގެ އެހީ އެ ކުދިންނަށް ބޭނުންވޭ. އެ މީހުންނަށް އަޅާލަން އެބަ ޖެހޭ،" ޕްރިޔަންކާ ބުނެފައިވެއެވެ.

ރޮހިންގާ މުސްލިމުން ކޮޒް ބާޒާރަށް ގޮސްފައި ވަނީ މިޔަންމާގެ ބުދު ދީނުގެ މީހުންގެ ކިބައިން ސަލާމަތް ވުމަށެވެ. އެ މީހުންގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ރޮހިންގާ މުސްލިމުން ވަނީ މަރުވެފައެވެ.

މައުލޫމާތު: އެންޑީޓީވީ

comment ކޮމެންޓް