ހިތަދޫގައި ރުކަކުން ވެއްޓިގެން ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ

އައްޑޫ ސިޓީ ހިތަދޫ: --

އައްޑޫ ސިޓީގެ ހިތަދޫގައި ރުކަކަށް އަރައި އުޅުނު މީހަކު ވެއްޓި، އޭނާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ މިކަން "ސަން"އަށް ކަށަވަރު ކޮށްދީފައެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރުކަކަށް އަރައި އުޅެނިކޮށް މަރުވެފައިވަނީ ހިތަދޫ ފަލާހު، އުމުރުން 31 އަހަރުގެ ހާތިމް ފައުޒީކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހިންގެވުމަ ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބު މިއަދު ހަވީރު "ސަން"އަށް ވިދާޅުވި ހާތިމް ރުކުން ވެއްޓީގެން ހޮސްޕިޓަލަށް ގެނައީ މިއަދު މެންދުރުފަހު 3:30 ހާއިރުއެވެ.

އަދި އޭނާ ގެނައި އިރުވެސް އޭނާގެ ހާލު ވަރަށް ސީރިއަސްކަމަށް ނަޖީބު ވިދާޅުވިއެވެ.

comment ކޮމެންޓް