އެލްޖީގެ ޗެއާޕާސަން ކޫ-ބޮން-މޫ މަރުވެއްޖެ

މަޝްހޫރު އިލެކްޓްރޯނިކްސް ކުންފުނި އެލްޖީގެ ޗެއާޕާސަންް ކީ-ބޮން-މޫ މަރުވެއްޖެ އެވެ.

ސިކުނޑީގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ކޫ-ބޮން-މޫ، 73 ވަނީ ސިކުނޑީގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ނަވާރަސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރުން ފެށިގެން އެލްޖީގެ އެއާޕާސަން ކަމުގެ މަގާމުގައި ހުރި ކޫ-ބޮން-މޫ ވަނީ އެލްޖީގެ ކުރިއެރުމުގައި ބޮޑު ހިއްސާއެއް އަދާކޮށްފަ އެވެ.

"ލަކީ ގޯލްޑް ސްޓާ"ގެ ނަމުން އެލްޖީ އަށް ކުންފުނީގެ ނަން ބަދަލުވެ، އައި ކުރިއެރުންތަކުގެ ފަހަރުގައި ވެސް އޭނާގެ ހިއްސާ ބޮޑެވެ.

އާއިލީ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި އެލްޖީ ސިފަކޮށް ބޭރުގެ ނޫސްތަކުގައި ބުނީ ކޫގެ މަރަށް ފަހު، ކުންފުނި ހިންގުމާ ހަވާލުވާނީ ކޫގެ އެޑޮޕްޓެޑް ދަރިފުޅު ކޫ-ވަންގް-މޫ ކަމަށެވެ. ކޫ-ވަންގް އެލްޖީ އާ ގުޅުނީ 2006 ވަނަ އަހަރު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު