ރެސިޕީ: ނަޓެއްލާ ރޯލްސް

ބޭނުންވާނެ ތަކެތި

  • 8 ފޮތި ޕާން
  • ނަޓެއްލާ
  • 3 ބިސް
  • ހަކުރު (މުގުރާފައި)
  • ވެނީލާ އެސެންސް
  • ބަޓަރު ކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ޕާންފޮތިތައް ރޮށިދަމާ އެއްޗެއްގައި ދަމާލާށެވެ. ޕާން ފޮތިތަކުގައި ނަޓެއްލާ އުނގުޅާފައި އޮޅާލާށެވެ. ދެން ބިހާއި ހަކުރު އެއްކޮށް ގިރާލާފައި ޕާންފޮތިތަށް ބިސްއެތީގެ ތެރެއަށްލައި ފޯކޮށްލާށެވެ. ތަވައެއްގައި ބަޓަރު އުނގުޅާލުމަށްފަހު ޕާންފޮތިތައް ފިހެލާށެވެ.

comment ކޮމެންޓް