ދިރާގު ޓުގެދާ އޭޒް ވަން 3އޮން3، 34 ޓީމާއެކު ބާސްކެޓްގެ އީދެއް!

މުބާރާތުގައި ރޭ ކުރިއަށްދިޔަ ހަރަކާތްތަކާއި މެޗުތަކުގެ ތެރެއިން ---

ދިރާގު ޓުގެދާ އޭސް ވަން 3އޮން3 ބާސެކްޓް މުބާރާތުގެ ދެވަނަ އެޑިޝަން 34 ޓީމާއެކު ރޭ ފަށައިފިއެވެ.

މިދިޔަ އަހަރުވެސް ރަމަޟާން މަހުގައި ބޭއްވި ދިރާގު ޓުގެދާ އޭސް ވަން 3 އޮން 3 ބާސްކެޓް މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، މިއަހަރުގެ މުބާރާތްވެސް ފެށީ ތަފާތު ފޯރި ގަދަ ހަރަކާތްތަކަކާއެކުގައެވެ.

ޔޫތު ސެންޓަރުގެ ޕާކްގައި ފެށި މުބާރާތުގައި މިއަހަރު 34 ޓީމެއް ހަތަރު ޑިވިޝަންގައި ވާދަކުރާނެއެވެ. އެގޮތުން ފިރިހެން ޑިވިޝަން 10 ޓީމު ދެ ޕޫލަކަށް ބަހާލެވިފައިވާ އިރު، އަންހެން ޑިވިޝަންގައި ވާދަކުރާނީ ހަތަރު ޓީމެވެ. 21 އަހަރުން ދަށުގެ ފިރިހެން 10 ޓީމު ވާދަކުރާ އިރު، އެ ޑިވިޝަންގެ ކުޅުންވެސް ކުރިއަށްދާނީ ދެ ޕޫލަކަށް ބަހާލައިގެންނެވެ. އަންހެން ޑިވިޝަންގެ 21 އަހަރުން ދަށުގެ ޑިވިޝަންގައިވެސް ފަސް ޓީމު ވާދަކުރާ އިރު، 16 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ތިން ޓީމު މުބާރާތުގައި ވާދަކުރާނެއެވެ.

ކޮންމެ ދުވަހަކުވެސް ހަވީރު ހަތަރެއް ޖަހާ އިރު، މެޗުތައް ފެށޭނެއެވެ. އަދި ރޭ ގަނޑުގެ މެޗުތައް އޮންނާނީ 9:00 އިން ފެށިގެންނެވެ. ކުރީ އަހަރެކޭވެސް އެއް ގޮތަށް މުބާރަތުގެ ރަހަ ތަފާތުކޮށްލުމަށް މިއަހަރުވެސް ތަފާތު ޗެލެންޖުތަކަކާއެކު ކްރައުޑް ޖެލެންޖުވެސް ކުރިއަށްދާނެއެވެ.

މުބާރާތުގައި ރޭ ކުރިއަށްދިޔަ ހަރަކާތްތަކާއި މެޗުތަކުގެ ތެރެއިން ---

ޗޮކެއް ޗެލެންޖު

ޗޮކެއް ޗެލެންޖަކީ މެޗު ކުޅެމުންދާ އިރު، ޗޮކެއް ޗެލެންޖު ސްޓިކާ މަތިން އެންމެ ގިނައިން ސްކޯ ކުރާ ކުޅުންތެރިޔާއަށް ޕޮއިންޓް ލިބޭނެއެވެ. އެ ޗެލެންޖްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހާއްސަ ހަދިޔާއަކާ އެކު ކުރިއަށްދާ އިރު، އެ ޗެލެންޖްތަކަކީ:

ޓީމު ކޮސްޓިއުމް ޗެލެންޖް

ޓީމު ކޮސްޓިއުމް ޗެލެންޖަކީ މުބާރާތުގައި އެންމެ ތަފާތު ކޮސްޓިއުމަކާއެކު ކުޅެން އަރާ ޓީމަކަށް ދެވޭ ހާއްސަ އިނާމެކެވެ. އެންމެ މޮޅު ކޮސްޓިއުމް ހޮވުމަށް ބަލާނީ ސްޓައިލްއާއި ކްރިއޭޓިވިޓީއަށެވެ.

ސީގިއާ ތިން ޕޮއިންޓް ޗެލެންޖް

ސީގިއާ ތިން ޕޮއިންޓް ޗެލެންޖަކީ ތިން ޕޮއިންޓް ލައިންގެ ތިން ތަނަކުން އެއް މިނެޓު ތެރޭ އެންމެ ގިނައިން ސްކޯ ކުރާ ގޮތަށް ހަމަޖެހިފައި އޮތް ޗެލެންޖެކެވެ. ކޮންމެ ރެއަކުވެސް އެންމެ ގިނައި ސްކޯ ކުރާ ކުޅުންތެރިޔާ ފައިނަލް ބުރަށް ދަތުރުކުރާ އިރު، ފައިނަލްގައި ވާދަކުރާނީ ކޮންމެ ރެއެއްގެވެސް ޗެމްޕިއަނުންނެވެ. ފައިނަލް ކާމިޔާބުކުރާ ފަރާތަކަށް ސީގިއާގެ ފަރާތުން ގޯ ޕްރޯއެއް ލިބިގެންދާނެއެވެ.

މަމެން ޓީމް ޝޫޓް

މަމެން ޓީމް ޝޫޓަކީ ދެ މީހުންގެ ޓީމެއް ހަދައިގެން ފްރީ ތުރޯ ލައިން މަތިން ދެ ޓީމު އެއްކޮށް އަރައި އެއް މިނެޓް ތެރޭ އެންމެ ގިނައިން ސްކޯ ކުރާ ގޮތަށް ހަމަޖެހިފައިވާ ޗެލެންޖެކެވެ. ކޮންމެ ރެއަކުވެސް މޮޅުވާ ޓީމު ފައިނަލް ބުރަށްދާ އިރު، ފައިނަލްގައި މޮޅުވާ ޓީމަށް ދިރާގު "މަމެން"ގެ ފަރާތުން ހާއްސަ އިނާމެއް ލިބޭނެއެވެ.

ޝްވެކް ކްރައުޑް ޗެލެންޖް

މުބާރާތް ކުރިއަށް ދާއިރު ކޮންމެ ރެޔަކުވެސް އެތަނަށް ޒިޔާރާތްކުރާ ފަރާތްތަކުގެ މެދުގައި ހިލޭ ބައިވެރިވެވޭ ގޮތަށް ކްރައުޑް ޗެލެންޖެއް ކުރިއަށް ގެންދާނެއެވެ. އެގޮތުން އެންމެ ގިނައިން ސްކޯކުރާ ދެ ބައިވެރިއަކަށް ޝްވެކުން 2 ޓިކެޓް ހިލޭ ލިބޭނެއެވެ. ޝްވެކް ޗެލެންޖަށް މިދިޔަ އަހަރުގެ މުބާރާތުންވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

މުބާރާތުގައި ރޭ ކުރިއަށްދިޔަ ހަރަކާތްތަކާއި މެޗުތަކުގެ ތެރެއިން ---

މުބާރާތުގައި ރެއާއި އިއްޔެ ވަނީ 15 މެޗު ކުޅެފައެވެ. ފިރިހެން ޑިވިޝަންގެ ދެ މެޗާއި އަންހެން ޑިވިޝަންގެ މެޗެއްވެސް ރޭ ކުޅެފައިވާ އިރު، އަންހެން ޑިވިޝަނާއި 21 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތައްވެސް ރޭ ކުރިއަށް ގެންގޮސްފައިވެއެވެ. އަދި 16 އަހަރުން ދަށުގެ މެޗުތަކާއެކު ރޭ ވަނީ ވާދަވެރި މެޗުތަކެއް ކުޅެފައެވެ.

މުބާރާތުގައި ރޭ ކުޅެވުނު މެޗުގެ ނަތީޖާތައް:

މެޗުގެ ނަތީޖާތައް

މުބާރާތުގެ 21 މެޗެއް މިރެއާއި މިއަދު ހަވީރު އޮންނާނެއެވެ.

comment ކޮމެންޓް