ޑރ. މަޖީދު އެޑްމިޓް ކުރެއްވި ހަބަރު އެއްސެވީ ފުން ހިތާމަަޔާ އެކު: ރައީސް ޔާމީން

ޑރ. މަޖީދު --

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އައިސީޔޫގައި އެޑްމިޓް ކުރެއްވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ސޮޕޯކްސް ޕާސަން އިބްރާހީމް މުއާޒު އަލީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ހަވާލާދެއްވައި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. މަޖީދުގެ ހާލުކޮޅު ދަށްވެ އައިސީޔޫގައި އެޑްމިޓް ކުރި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމަޔާ އެކުގައި ކަމަށާއި ޑރ. މަޖީދު އަށް އަވަސް ސިފާޔަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޑރ. މަޖީދުގެ ހާލުކޮޅު ދެރަވީ ސްރީލަންކާގައި ހުންނަވަނިކޮށް މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ. ޑރ. މަޖީދު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ކޮލޮމްބޯގެ ލަންކާ ހޮސްޕިޓަލުގަ އެވެ.

ޑރ. މަޖީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒެވެ. އިސްލާމިކް މިނިސްޓްރީއެއް ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނީ 2008 ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތެރޭގަ އެވެ.

comment ކޮމެންޓް