ރެސިޕީ: ޗިކަން ޓިއްކާ މަސާލާ

ބޭނުންވާނެ ތަކެތި

މެރިނޭޝަން:

  • 3 ބޯންލެސް ޗިކެން ބްރެސްޓް
  • 1 ލުނބޯ
  • 125 ގްރާމް ޔޯޯގަޓް
  • 6 ލޮނުމެދު (ޗިސްކޮށްފައި)
  • 1 މޭޒުމަތީ ސަމްސާ އިނގުރު (ޗިސްކޮށްފައި)
  • 2 ސައިސަމްސާ ލޮނު
  • 2 ސައިސަމްސާ ދިރި
  • 2 ސައިސަމްސާ ގަރަމް މަސާލާ
  • 2 މޭޒުމަތީސަމްސާ މުގުރި މިރުސް

ސޯސް ތައްޔާރު ކުރުުމަށް

  • 3 މޭޒުމަތީ ސަމްސާ ތެޔޮ
  • 1 ފިޔާ ކުދިކޮށް ކޮށާފައި
  • 2 މޭޒުމަތީސަމްސާ އިނގުރު (ޗިސްކޮށްފައި)
  • 8 ލޮނުމެދު (ޗިސްކޮށްފައި)
  • 2 ސައި ސަމްސާ މުގުރި ދިރި
  • 2 ސައޮ ސަމްސާ ރީބނދޫ
  • 2 ސައިސަމްސާ ކޮރިއަންޑާ (ކުދިކޮށް ކޮށާފައި)
  • 2 ސައިސަމްސާ މުގުރި މިރުސް
  • 2 ސައިސަމްސާ ގަރަމް މަސާލާ
  • 1 މޭޒުމަތީސަމްސާ ޓޮމާޓޯ ޕިއުރީ
  • 800 ގްރާމް ޓޮމާޓޯ ސޯސް/ ޓޮމާޓޯ ވަރަށް ކުދިކޮށް ކޮށާފައި
  • 300 މިލިލީޓަރު ފެން

ތައްޔާރު ކުރާނެ ގޮތް

ކުކުޅު ކުދިކޮށް ކޮށާލާށެވެ. މެރިނޭޝަނަށް ބޭނުންވާ ހުރިހާއެއްޗެއް އެއްކޮށްލުމަށްފަހު ކުކުޅުތަކުގައި އުނގުޅާފައި މަތިބަންދުކޮށް ގަޑިއެއްހައި އިރު ވަންދެން އައިސްއަލަމާރީގައި ބަހައްޓާށެވެ.

ބޭމްބޫ ސްޓިކް އަކަށް މަސްތައް އެމުނުމަށްފަހު، ބޭކިން ޓްރޭއެއްގައި އަތުރާލާށެވެ. އަވަން ޕްރީ ހީޓްކޮށް، މަސްތައް ރޯފިލައި، މަޑު މުށިކުލައެއް އަރަންދެން ފިހާށެވެ.

ސޯސް ތައްޔާރު ކުރުމަށް ތެއްޔެއްގައި ތެޔޮފޮދު ހޫނުކުރާށެވެ. ފިޔާ، އިނގުރު ލޮނުމެދު އަޅައިގެން ހަނާކުރާށެވެ. ކުޑަކޮށް ރަތްވެލީމާ ހަވާދުގެ ބާވަތްތައް އަޅާ އެއްކޮށްލާށެވެ. 30 ސިކުންތު ވަންދެއް މި ތަކެތި އެއްކޮށްލައި ޓޮމާޓޯ ޕިއުރީކޮޅު އަޅާލާށެވެ. ދެން ފެނާއި ޓޮމާޓޯ/ ޓޮމާޓޯ ސޯސް އަޅައިގެން ކައްކާލާށެވެ. ކެކިގަތީމާ، ކުކުޅުކޮޅު އަޅާ އެއްކޮށްލާ، ދެ މިނެޓް ކައްކާލާށެވެ.

ބަތް ނޫނީ ނާން އާއެކު ސާވްކުރާށެވެ.

comment ކޮމެންޓް