ދުބާއީގައި 107 މިލިއަން ޑޮލަރުގެ ބްރިޖެއް އަޅަނީ

ސަތޭކަ ހަތް މިލިއަން ޑޮލަރު (394 މިލިއަން ދިރުހަމް) ހަރަދުކޮށްގެން ދުބާއީގައި ބްރިޖެއް އެޅުމަށް ނިންމައި އެ މަސައްކަތް އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫއަކީ 1.3 ބިލިއަން ޑޮލަރު (5.035 ދިރުހަމް) ހަރަދުކޮށްގެން ތަރައްގީ ކުރާ ޝިންދަގާ ކޮރިޑޯ ޕްރޮޖެކްޓުގެ ބައެކެވެ. ޝިންދަގާ ބްރިޖްް ޕްރޮޖެކްޓުގެ ނަމުގައި ކުރިއަށްގެންދާ ބްރިޖްގެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް އާއި ދުބާއީގެ ވަލީއަހުދު، ޝަައިހް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އެވެ.

މި މަޝްރޫއުގެ ދަށުން 13 ކިލޯ މީޓަރުގެ ދިގު ބްރިޖެއް އަޅާނެއެވެ. އުސްމިނުގައި 15.5 މީޓަރު ހުންނަ މި ބްރިޖުގެ ދަށުން ބައެއް ކަނޑު އުޅަނދު ފަހަރަށްވެސް ދަތުރު ކުރެވޭނެއެވެ.

މި ބްރިޖްގެ ޑިޒައިން އަކީ އިންފިނިޓީ ސައިންގެ ޑިޒައިނެވެ. މި ބްރިޖުގައި ކޮންމެ ކޮޅަކަށް ދުއްވަން ހަ ލޭން އޮންނާނެއެވެ. ބްރިޖުގެ މަސައްކަތް ކުރުމަށް 2400 ޓަނުގެ ސްޓީލް ބޭނުން ކުރާނެއެވެ.

ޝިންދަގާ ޕްރޮޖެކްޓުގެ ފުރަތަމަ ދެ ފޭސް 2016 ވަނަ އަހަރުގެ ނިޔަލަށް ވަނީ ނިންމާލައިފައެވެ. ތިންވަނަ ފޭސް 2022 ގެ ނިޔަލަށް ނިންމައިލާނެއެވެ.

މި ޕްރެޖެކްޓުގެ ދަށުން ހަތަރުވަނަ ފޭސް އާއި ފަސްވަނަ ފޭސްއެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. ބްރިޖަކުން އެކި ސަރަހައްދުތައް ގުޅާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފަސްވަނަ ފޭސް ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2027ގައެވެ.

comment ކޮމެންޓް