ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މީގެ ކުރިން މާލޭގައި ފިތުރު ޒަކާތް ބެހުމުގެ މަސައްކަތް ކުރަނީ ---- ސަން ފައިލް ފޮޓޯ

ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް އެފެއާޒް މިނިސްޓްރީއިން ފަށައިފިއެވެ.

މިއަދު ހެނދުނު 10:30 އިން ފެށިގެން ޒަކާތް ބަލައިގަންނަމުންދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ގާއިމް ކުރެވިފައިވާ ކައުންޓަރުތަކުންނެވެ. ޒަކާތް ބަލައިގަތުމަށް އިސްލާމީ މަރުކަޒުގައި ޖުމުލަ ހަ ކައުންޓަރެއްވަނީ ބަހައްޓާފައެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 (10 ޖޫން) ގެ ނިޔަލަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

މާލެ ސަރަހައްދުން ޒަކާތް ބަލައިގަންނާނީ ހުޅުމާލެއިން ނަމަ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ. މާލޭގައި ޒަކާތް ބަލައިގަންނާނީ އިސްލާމީ މަރުކަޒުންނެވެ. ވިލިމާލެއިން ނަމަ ހައުސިން މިނިސްޓްރީގެ ވިލިމާލޭ ޔުނިޓުންނެވެ.

މީގެ އިތުރުން ދިރާގާއި އުރީދޫ ކަސްޓަމަރުން އެސްއެމްއެސް މެދުވެރިކޮށް ދައްކާ ޒަކާތްވެސް ބަލައި ގަންނާނެ ކަމަށާއި އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގްރާމުގެ ހަނޑޫ ނޫނީ އެއަށް ވާ އަގު ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

މާލޭގައި ނަމަ ޒަކާތް ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާއެވެ. ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 43 ރުފިޔާއެވެ. އަދި ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 81 ރުފިޔާއެވެ.

އައްޑޫސިޓީގައި ޒަކާތް ބަލައިގަންނާނެ ތަންތަނާއި ޒަކާތުގެ މިންވަރު:

  • ސ.ހިތަދޫ – މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އައްޑޫސިޓީ ޔުނިޓް
  • ސ.މަރަދޫ/ސ.މަރަދޫފޭދޫ – ތަދްރީސުލް ޤުރުއާން (ސ.މަރަދޫ)
  • ސ.ފޭދޫ – ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލް ސާރވިސް ޑިޕާރޓްމަންޓް (ސ.ފޭދޫ)
  • ސ.ހުޅުދޫ/ސ.މީދޫ – ނަސްރިއްޔާ ޕްރީސްކޫލް (ސ.ހުޅުދޫ)

އާދައިގެ ހަނޑުލުންނަމަ މީހަކަށް 13.50 ރުފިޔާ

ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 35 ރުފިޔާ

ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 78 ރުފިޔާ

ފުވައްމުލަކު ސިޓީގައި ޒަކާތް ބަލައިގަންނާނެ ތަންތަނާއި ޒަކާތުގެ މިންވަރު:

ޒަކާތް ބަލައިގަންނާނީ ފުވައްމުލަކު ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމެންޓްގެ އުތުރު، މެދު އަދި ދެކުނު ދާއިރާތަކުގެ އޮފީހުގައި

ޒަކާތުގެ މިންވަރަކީ

  • އާދައިގެ ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާ
  • ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 42 ރުފިޔާ
  • ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 72 ރުފިޔާ

ގދ. ތިނަދޫގައި ޒަކާތް ބަލައިގަންނާނެ ތަންތަނާއި ޒަކާތުގެ މިންވަރު:

ޒަކާތް ބަލައިގަންނާނީ ތިނަދޫ މީޑިއާ ސެންޓަރުން

  • އާދައިގެ ހަނޑުލުންނަމަ މީހަކަށް 12.50 ރުފިޔާ
  • ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 43 ރުފިޔާ
  • ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 84 ރުފިޔާ
comment ކޮމެންޓް