ތެލުގެ އަގު މައްޗަށް ދާތީ އިންޑިއާ ކަންބޮޑުވެފައި

ސައުދީގައި ތެޔޮ އުފައްދާ ކާރުހާނާއެއް. ---ފޮޓޯ: ޑެއިލީމެއިލް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ އިންޑިއާއިން ކަންބޮޑުވެއްޖެއެވެ.

ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއަކީ ތެލާ ހަކަތައިގެ ބާޒާރަށް ބަލާއިރު ތިންވަނައަށް އެންމެ ގިނައިން ތެޔޮ ގަންނަ ގައުމެވެ.

ތެލުގެ އަގާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއާއި އޯޕެކްގެ ގައުމުތަކާއެކު އިންޑިއާއިން ވަނީ ވާހަަކަ ދައްކައިފައެވެ.

ތެލުގެ އަގު އުފުލެމުންދާތީ އިންޑިއާގެ އިގްތިސާދަށާއި އުފެއްދުންތެރިކަމަށް އަދި ރައްޔިތުންނަށް ކުރާނެ އަސަރާ ގުޅޭގޮތުން އެގައުމުގެ އެނާޖީ މިނިސްޓަރު ދަރްމެންދުރަ ޕްރާދަން ވަނީ ސައުދީގެ ތެލާ ބެހޭ މިނިސްޓަރާއެކު މަޝްވަރާ ކުރައްވައިފައެވެ.

ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް މަޝްވަރާ ކުރަމުންދާކަމަށް ސައުދީގެ ތެލާބެހޭ ވަޒީރު އިންޑިއާގެ އެނާޖީ މިނިސްޓަރަށް ދެންނެވި ކަމަށް ހަބަރުތައް ބުނެއެވެ.

މިއަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 20 ޕަސެންޓް އުފުލިފައެވެ. ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރަށް ވަނީ އަރައިފައެވެ.

comment ކޮމެންޓް