ކާޖަލްގެ "އީލާ" އަންނަ ސެޕްޓެމްބަރު މަހު

ކާޖަލް --

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖަލް އެންމެ އަވަހަށް ސްކްރީނުން ފެންނަން ހަމަޖެހިފައިވާ ފިލްމު "އީލާ" އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއީ ބަތަލާ ކާޖަލް "ދިލްވާލޭ" އަށް ފަހު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމުވެސް މެ އެވެ. ފިލްމުގައި އޭނާ ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ.

ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ "އެލާ" ފިލްމަކީ އެކަނިވެރި މައެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުން އޭނާ ފެނިގެން ދާނީ މަޖުބޫރުން ކުރާ ކައިވެންޏަކަށް ކުއްޖަކު ލިބޭ ފަހުން ވަރިވެ އެކަނި މާ އެކަނި ދަރިފުޅު ބަލާބޮޑުކުރާ ތަނެވެ. އަދި އޭނާ އަށް ލިބިފައިވާ ލަވަކިޔުމުގެ ހުނަރު އިތުރަށް ފުޅާކޮށް އޭނާގެ ހުވަފެން ކާމިޔާބު ކުރާ ތަނެވެ.

ޕްރަދީޕް ސަރްކާރް ޑައިރެކްޓްކުރާ އެ ފިލްމަކީ ބެޓާ ކާގްޑޯގެ އަސްލަކަށް ބަލައިގެން ހިންދީ ބަހުން އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް