ކަރަން ޕަޓޭލްގެ އަންހެނުން ވެސް ބަނޑުބޮޑު!

ކަރަން ޕަޓޭލް އަދި އޭނާގެ އަންހެނުން އަންކިތާ---

ސްޓާ ޕްލަސްއިން ދައްކަމުން އަންނަ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހޮއްބަތޭން"އިން ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަރަން ޕަޓޭލްގެ އަންހެނުން އަންކިތާ ބަނޑުބޮޑު ކަމަށް އޭނާ ބުނެފިއެވެ.

ކަރަން އިންސްޓަގްރާމަށް ލާފައިވާ ޕޯސްޓުގައި އޭނާ ބައްޕައަކަށް ވާން އުޅޭކަން ކަށަވަރުކޮށްދީފައި ވާއިރު ޕޯސްޓަރުގެ ނަމަކަށް އިނީ "ޔޭ ދިވާލީ ހޯގީ ބޭބީވާލީ"އެވެ.

މީގެ ކުރިންވެސް އަންކިތާ ބަނޑުބޮޑު ކަމަށް ބޭރުގެ ގިނަ މީޑީއާތަކުން ހާމަކުރި ނަމަވެސް ކަރަން ވަނީ އަންކިތާ ބަނޑުބޮޑު ނޫން ކަމަށް ބުނެފައެވެ.

ނަމަވެސް އަންހެނުން ބަނޑުބޮޑުކަމަށް ކަރަން އިއުތިރާފު މި ވީ އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އެ ދެމީހުންގެ ލޯބީގެ ގޮށް މޮހާލައިފައިވާ އިރު އެ ދެމީހުންގެ ދަރިއެއް އަދި ނުހުރެއެވެ.

comment ކޮމެންޓް