ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓެއް މިއަދު ލިބިފައެއްނެތް: ފުލުހުން

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާލޭގެ އެއްވެސް ސަރަހައްދެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލާފައިވާ ކަމުގެ ރިޕޯޓެއް މިއަދު ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ އެއްވެސް ސަރަހައްދެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލާފައިވާކަމުގެ ރިޕޯޓެއް މިހާތަށް ލިބިފައިނުވާ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮއްލި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އައިޖީއެމްއެޗުން ވެސް ވަނީ އެކަން ދޮގުކޮށްފައެވެ.

comment ކޮމެންޓް