ޔޫޓިއުބުން މިއުޒިކް ސްޓްރީމް ކުރެވޭ ޕްލެޓްފޯމެއް ތައާރަފްކުރަނީ

ޔޫޓިއުބް---

ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމް، ޔޫޓިއުބުން އެމީހުންގެ އަމިއްލަ މިއުޒިކް ސްޓްރީމިން ޕްލެޓްފޯމެއް ތައާރަފްކުރަން ނިންމައިފިއެވެ.

މި މަހުގެ 22 ވަނަ ދުވަހު ތައާރަފްކުރަން ނިންމާފައިވާ މި ޕްލެޓްފޯމުގައި ޕާސަނަލައިޒްޑް ޕްލޭލިސްޓުތައް ހިމަނާލެވޭނެއެވެ. މީގެ އިތުރުން ޕްރިމިއަމް ކަސްޓަމަރުންނަށް އެޑްފްރީ، ޕްރިމިއަމް ޕްލެޓްފޯމެއް ލިބޭއިރު ޕްރިމިއަމް ކަސްޓަމަރުންގެ ފީ އަކީ 9.99 ޑޮލަރެވެ. އެހެން މީހުންނަށް ހިލޭ މި ޕްލެޓްފޯމު ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން ޔޫޓިއުބް ރެޑްގެ ބަދަލުގައި ޔޫޓިއުބް ޕްރިމިއަމްވެސް ތައާރަފްކުރަން ވަނީ ނިންމައިފައެވެ.

މިހާރު ޔޫޓިއުބް ރެޑް ބޭނުންކުރާ ކަސްޓަމަރުންގެ އަތުން ނަގާ ފީ ބޮޑު ނުކުރި ނަމަވެސް އަލަށް ޔޫޓިއުބް ޕްރިމިއަމް ބޭނުންކުރަން ފަށާ މީހުންގެ އަތުން ރެޑަށް ނަގާ ފީގެ އިތުރުން ދެ ޑޮލަރު ޗާޖުކުރަންވެސް ވަނީ ނިންމައިފައެވެ.

ޔޫޓިއުބް މިއުޒިކް އެންމެ ފުރަތަމަ ތައާރަފްކުރާނީ އެމެރިކާ، އޮސްޓްރޭލިއާ، ނިއުޒިލެންް،މެކްސިކޯގެ އިތުރުން ސައުތު ކޮރެއާ އަށެވެ. ކުރިއަށް ހުރި ހަފްތާތަކުގައި އެހެން ސަރަހައްދުތަކަށްވެސް މި ހިދުމަތް ދޭން ފަށާނެއެވެ.

comment ކޮމެންޓް