އިމްތިހާނު ހޯލަށް ވަންނަ އިރު ގަޑި އެޅުން މަނާކޮށްފި

އިނގިރޭސި ވިލާތުގައި އޭލެވެލް އަދި އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުން އިމްތިހާނު ހޯލުތެރޭ ގަޑި އަޅައިގެން ތިބުން މަނާކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުން ބައެއް ސެންޓަރުތަކުގައި ގަޑި ބާއްވަންޖެހެނީ ޑެސްކު މަތީގަ އެވެ. އަނެއްބައި ސެންޓަރު ތަކުގައި އިމްތިހާނު ހޯލަށް ވަދެވެނީ ގަޑި ބޭރުގައި ބާއްވައިފަ އެވެ.

ބައެއް ކޮލެޖް ޔުނިވާސިޓީތަކުގައި ވެސް މި ގަވައިދަށް އަމަލު ކުރަން ފަށާފައިވާ އިރު މިއީ ގަޑީގެ ތެރެއަށް ނޯޓު ލައިގެން އިމްތިހާނު ހޯލަށްވަދެ އިމްތިހާނުގައި މަކަރުހެދުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

ބައެއް އޮންލައިން ވެބްސައިޓުތަކުން އިމްތިހާނުތަކުގައި މަކަރު ހެދުމަށް ހާޢްސަ ޑިވައިސްތައް ވެސް ވިއްކާތީ، އެކަމަށް އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ އިމްތިހާނު ހޯލަށް ގަޑި ނުވެއްދުން ކަމަށް އިނގިރޭސި ވިލާތުގެ ޖޮއިންޓް ކައުންސިލް ފޯ ކޮލިފިކޭޝަންސް އިން ބުނެ އެވެ.

ގަޑީގެ ޑިޒައިނަށް ހުންނަ މައިކްރޯ ފޯނު ފަދަ ތަކެތި ވެސް ވިއްކަން ހުންނައިރު ގަޑީގެ މޫނުމައްޗަށް ނޫނީ ފަހަތަށް ނޯޓު އެއްޗެހި ލައިގެން އިމްތިހާނުގައި މަކަރު ހަދާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް އެ އިދާރާ އިން ބުނެ އެވެ.

comment ކޮމެންޓް