ބާރަތުގެ ކާސްޓާ ދިޝާ ޕަޓާނީ ގުޅިއްޖެ

ބޮލީވުޑްގެ ކުރިއަރަމުން އަންނަ ބަތަލާ ދިޝާ ޕަޓާނީ---

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ކުރިއަށް އޮތް ފިލްމު 'ބާރަތު'ގެ ޝޫޓިން މިހާރު ކުރިއަށްދާއިރު އެ ފިލްމުގެ ކާސްޓާ ބޮލީވުޑްގެ ކުރިއަރަމުން އަންނަ ބަތަލާ ދިޝާ ޕަޓާނީ ގުޅިއްޖެ އެވެ.

ޒަފަރު ވަނީ އެކަން ޓްވިޓާ މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ.

ބޭރުގެ މީޑިއާ ތަކަށް ދިޝާ ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުގެ މަންޒަރުތައް ކުޅުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

"މިއީ ހަމަ ޑްރީމް ކަމް ޓްރޫ އެއް. ސަލްމާން އާ އެއްކޮށް ފިލްމެއް ކުޅެލަން ލިބުނީމަ މިހުރީ ވަރަށް ހިތްހަމަޖެހިފައި. ވަރަށް އުފާވެފައި. ޒަފަރުގެ މަސައްކަތްތައް ވަރަށް ކަމުދޭ އަބަދުވެސް. އެހެންވެ ވަރަށް ލުކް ފޯވަޑް ކުރަން އެބަ،" ދިޝާ ބުންޏެވެ.

ފިލްމުގެ މުހިއްމު ރޯލަކުން ދިޝާ ފެނިގެންދާއިރު ދެން ފިލްމުން ފެނިގެންދާނީ ކާމިޔާބު ބަތަލު ސަލްމާން ޚާން އާއި ބަތަލު ޕްރިޔަންކާ ޗޯޕްރާ އެވެ.

"ބާރަތު" އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ދެކުނު ކޮރެއާ ފިލްމު "އޯޑް ޓު މައި ފާދާ" ގެ އެޑެޕްޓޭޝަނެކެވެ.

ފިލްމުގެ ޝޫޓިން ލަންޑަންގައި ފަށާފައިވާ އިރު، އަބޫ ދާބީ، ސްޕެއިން، ޕަންޖާބް އަދި ނިއު ދިއްލީގައި ފިލްމުގެ އިތުރު މަންޒަރުތައް ނަގަން ވަނީ ހަމަޖެހިފަ އެވެ.

ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު ޢީދާ ދިމާކޮށެވެ.

comment ކޮމެންޓް