ސައުދީގެ އަރަބް ނިއުސް އިން ފޭސްބުކް އާ ގުޅިގެން ތަރާވީހް ނަމާދު ލައިވް ކުރަނީ

މަސްޖިދުލް ހަރާމުގައި ކުރާ ތަރާވީޙް ނަމާދު ވަގުތުން ދެއްކުމަށް ސައުދީ އަރަބިއާ ގެ "އަރަބް ނިއުސް" އާ ފޭސްބުކް އިން އެއްބަސްވެއްޖެއެވެ.

އެ ނޫހުގައި ބުނީ ކޮންމެ ރެއަކުވެސް މައްޖިދުލް ހަރާމްގައި ކުރެވޭ ތަރާވީހު ނަމާދުގެ ލައިވްް ފީޑް ފޭސްބުކްގެ އިތުރުން އަރަބް ނިއުސްގެ ވެބްސައިޓުންނާއި ސައުދީ ސަރުކާރުގެ ޓީވީ އިން ދުރަށް ދައްކާނެ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތބި މުސްލިމުންނާއި ހަމައަށް މައްކާގެ މަސްޖިދުލް ހަރާމުގައި ކުރާ ތަރާވީހް ނަމާދު ގެނެސްދެނީ ފޭސްބުކްގެ އެއްބާރުލުމާއެކު ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

ފޭސްބުކްގެ ހެޑް އޮފް މީޑިއާ ޕާޓްނާޝިޕްސް، މިޑްލް އީސްޓް، ޓާކީ އެންޑް އެފްރިކާ، ފަރެސް އައްކަދު ބުނީ ރޯދައާ ދިމާކޮށް އަރަބް ނިއުސްއާއެކު ކުރެވޭނެ މަސައްކަތާމެދު އުފާކުރާ ކަމަށެވެ.

މި ރަމަޟާން މަހު މެދުއިރުމައްޗާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި މުސްލިމުންގެ ވާހަކަތަކާއި އަނިޔާ ލިބެމުންދާ މުސްލިމުންގެ ހާލަތުވެސް ގެނެސްދޭނެ ކަމަށް އެ ނޫހުން ބުނެއެވެ.

comment ކޮމެންޓް