Sun Online
ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާ ފުލެޓްތަކަށް ކުރިމަތި ލުމަށް ފޯމު ދޫކުރަން ދަރުބާރުގޭގައި ފެށުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާ ފުލެޓްތަކަށް ކުރިމަތި ލުމަށް ފޯމު ދޫކުރަން ދަރުބާރުގޭގައި ފެށުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު...

ރޯދަމަހު ފުލެޓް ފޯމް ދޫކުރާނީ މިގަޑިތަކުގައި!

މުހައްމަދު ސިމާއު
ލިޔުނީމުހައްމަދު ސިމާއު

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތިލުމަށް އެދޭ ދޯމް ދޫކުރުމުގެ ރޯދަ މަހުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ދަރުބާރުގޭގައި ކުރިއަށްދާ "ހިޔާ އެކްސްޕޯ 2018" އިން ފޯމް ދޫކުރަން ހަމަޖެހިފައިވަނީ:

އާދީއްތަ އިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް:

  • ހެނދުނު 10:30 އިން މެންދުރު ފަހު 1:30 އަށް
  • ރޭގަނޑު 9:00 އިން 11:00 އަށް ކަމަށެވެ.

ހޮނިހިރު ދުވަހު ފޯމް ދޫކުރާނީ:

  • ރޭގަނޑު 9:00 އިން 11:00 އަށް ކަމަށެވެ.

އަދި ރޯދަ މަހުގެ ފުރަތަމަ ދުވަހާއި ރޯދަ މަސް ނިމެންދެން އަންނަ އެއްވެސް ހުކުރު ދުވަހަކު ފޯމް ދޫކުރަން ހަމަޖެހިފައިނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ނަމަވެސް ކުރިއެކޭވެސް އެއްގޮތަށް، މިނިސްޓްރީގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ހިޔާ މަޝްރޫގެ ފުލެޓްތަކަށް ސަރުކާރުން ފޯމް ދޫކުރަން ފެށީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، ފުލެޓަށް އެދޭ ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖުލައި މަހުގެ 31 ކަމަށާއި އެދުވަހާ ހަމައަށް ވެސް ފޯމް ދޫކުރާނެ ކަމަށެވެ.

ފުލެޓަށް އެދޭ ފޯމް ބަލައިގަންނަން ފަށާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ.

infinity loading...
×
DB released 01.