އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މާފަންނު ޔޫތު ޑެވަލޮޕްމަންޓަށް

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގައި މައިޑާއާއި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މާފަންނު ޔޫތު ޑެވަލޮޕްމަންޓް ސޮސައިޓީ (މައިޑާ)އިން ހޯދައިފިއެވެ.

މައިޑާއިން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފޯރި ގަދަ ފައިނަލް މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ދެ ސެޓުވެސް ގެންދިޔައީ މައިޑާއިންނެވެ. މައިޑާއިން ފުރަތަމަ ސެޓު ގެންދިޔައީ 25-22 އިންނެވެ. ދެވަނަ ސެޓުވެސް އެޓީމުން ގެންދިޔައީ 25-22އިންނެވެ.

މައިޑާއިން ދެ ސެޓު ގެންގޮސްފައި ވަނިކޮށް، ތިންވަނަ ސެޓުގައި ވެމްކޯއިން ކުޅުން ރަނގަޅުކުރިއެވެ. ވެމްކޯއިން ތިންވަނަ ސެޓު 25-23އިން ގެންގޮސް، ހަތަރުވަަނަ ސެޓު ގެންދިޔައީ 25-15އިންނެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގައި މައިޑާއާއި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފަހަތުން އަރައި ދެ ސެޓު ގެންގޮސް، ވެމްކޯއިން ފަސް ވަނަ ސެޓަށް ނުކުތީ އުންމީދުގައި ނަމަވެސް މައިޑާއިން ވަނީ ކުޅުން ރަނގަޅުކޮށް، 15-9 އިން ފަހު ސެޓު ކާމިޔާބުކޮށް، ޗެމްޕިއަންކަން ޔަގީން ކުރިއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިޑާގެ އައިޝަތު މާޖިދާއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މައިޑާގެ ކޯޗު ސޮފްވާން އަހުމަދެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ޕޮލިސް ކްލަބުގެ އައިމިނަތު ސަހާ ހޮވިފައިވާ އިރު، އިތުރު މަގާމުތަކަށްވެސް ރޭގެ ނިންމުމުގެ ރަސްމިއްޔާތުގައި ޓްރޮފީއާ ހަނދާނީލިޔުން ދީފައިވެއެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގައި މައިޑާއާއި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މުބާރާތުގައި ހޮވި އެހެން މަގާމުތައް:

ބެސްޓް އައުޓްސައިޑް އެޓޭކާ: ޝައުފާ އާދަމް - ކްލަބު ވެމްކޯ

ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކާ: ހައްވާ ރާޝިދާ - ޕޮލިސް ކްލަބު

ތާޑް ބެސްޓް އައުޓްސައިޑް އެޓޭކާ: އައިމިނަތު އަރީޝާ - ކްލަބު ވެމްކޯ

ބެސްޓް މިޑިލް ޕްލޭޔާ: ހައްވާ ސަހާ - ކްލަބު ވެމްކޯ

ސެކަންޑް ބެސްޓް މިޑިލް ޕްލޭޔާ: ހަމްނާ ހަސަން އަލީ ދީދީ - ޕޮލިސް ކްލަބު

އެންމެ މޮޅު ސެޓަރު: ޖޫޒާން ޒަރީރު - ކްލަބު ވެމްކޯ

އެންމެ މޮޅޮ ލިބަރޯ: ސިލްމާ ޒާހިރު (ކްލަބު ވެމްކޯ)

މިއަހަރު މުބާރާތުގައި ބައިވެރިވި 10 ޓީމު، ތިން ޕޫލަކަށް ބަހައިލައިގެން މުބާރާތް ކުރިއަށްގެންދިޔަ އިރު، ދެވަނަ ބުރަށް ދިޔައީ ކޮންމެ ގްރޫޕަކުން އެއް ޓީމެވެ. އެގޮތުން ތިން ޕޫލުން ތިން ޓީމު، ދެވަނަ ބުރުގައި ވާދަކުރީ ލީގު ބުރެއްގައެވެ. ލީގު ބުރު ނިމުނު އިރު، ފައިނަލަށް ދިޔައީ އެއްވަނަ އަދި ދެވަނަ ޓީމެވެ.

comment ކޮމެންޓް