މާދަމާ މުލަ ރޯދަައަށް ވުމުގެ ފުރުޞަތު ވަރަށް ކުޑަ

މިއަދަކީ (15 މެއި 2018، އަންގާރަ ދުވަހަކީ) 1439 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ގޮތުން ބަލާއިރު މި އަހަރުގެ ޝައުބާން މަސް ފުރިހަމަވެ، ރަމަޟާން މަހުގެ ހަނދު އުފަންވާނީ ރާއްޖޭ ގަޑިން މިއަދުގެ ހަވީރު 4:48 ގަ އެވެ.

ދިވެހި ރާއްޖޭގައި ރޯދަ މަސް ފެށުމުގައި ޢަމަލު ކުރާ އުޞޫލަކީ ފަލަކީ ހިސާބުތަކުން، ދިވެހިރާއްޖެ އަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ދައްކާ ރެއެއްގައި ދިވެހިރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެ ނަމަ ދެން ޖެހިގެން އަންނަ ދުވަހު ރޯދަ ހިފާން ފެށުމެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖެ އަށް އޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެ އެވެ. އެހެންނަމަވެސް މި ހަނދު ހަމަލޮލަށް ފެނުމުގެ ފުރުޞަތު ވަރަށް ހަންޏެވެ. އަދި އެހެން އިސްލާމީ ގައުމުތަކަށް ވެސް ހަނދު ފެނުމުގެ ފުރުޞަތު ކުޑަ އެވެ.

އެހެންކަމުން ފަލަކީ ހިސާބަށް ބުރަވާ ބައެއް ގައުމުތަކާއި ޖަމާއަތްތަކުން މާދަމާއަކީ މުލަ ރޯދަ ދުވަސްކަމުގައި އިއުލާން ކޮށްފައިވީ ނަމަވެސް، ދިވެހިރާއްޖޭގައި ޢަމަލު ކުރާ އުޞޫލަށް ބުރަވާ އިރު މާދަމާއަކީ މުލަ ރޯދަ ދުވަސްކަމުގައި ވުމުގެ ފުރުޞަތު ވަރަށް ކުޑަ އެވެ.

comment ކޮމެންޓް