ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްފައިވާ އިއްޒުއްދީން މަގު ބޭނުން ކުރަން ފަށައިފި

ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްފައިވާ އިއްޒުއްދީން މަގު-- ފޮޓޯ/ ހައުސިން މިނިސްޓްރީ

މާލޭގެ އިއްޒުއްދީން މަގާއި އަމީނީ މަގު ގުޅުނު ހިސާބުން މާލޭ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާފައިވާ އިއްޒުއްދީން މަގު މިއަދު ހުޅުވައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ޓްވީޓެއް މެދުވެރިކޮށް ޔަގީންކޮށްދީފައެވެ.

އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ.

އެމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ފެއްޓީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅުގަ އެވެ.

އާންމުކޮށް ބަރު އުޅަނދުފަހަރު ދަތުރުކުރާ އިއްޒުއްދީން މަގު މަރާމާތުކުރަން ފަށާފައި ވަނީ އެމަގު ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށެވެ. މަރާމާތުކުރުމުގެ ތެރޭގައި އެމަގު މިހާރު ވަނީ ކުރިއަށް ވުރެ ފުޅާވެސް ކޮށްފަ އެވެ.

ކުރިން ތާވަލްކޮށްފައި އޮތްގޮތަށް އެމަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ލަސްވެގެންދިޔައީ އެ ސަރަހައްދުގައި ހުރި ބައެއް ޖަންކްޝަންތަކާއި ބައެއް ކަރަންޓް ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ގުޅިގެން ކުރިއަށްގެންދާތީ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް