150 އަންހެނަކު ކަރަންޓްގެ މަސައްކަތް ދަސްކޮށްފި

ސްޓެލްކޯއިން އަންހެނުންނަށް ކަރަންޓްގެ މަސައްކަތް ދަސްކޮށްދިނުމަށް ހިންގި ކޯސްތަކުގެ ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން، އަންހެނުންނަށް ކަރަންޓުގެ މަސައްކަތްތައް ދަސްކޮށްދިނުމަށްް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ހިންގި ކުރުމައްދަތުގެ އެކިއެކި ކޯސްތަކުން 150 އަންހެނަކު ކަރަންޓުގެ މަސައްކަތް ދަސްކޮށްފިއެވެ.

ސްޓެލްކޯގައި މިރޭ ބޭއްވި ރަސްމިއްޔާތުގައިވަނީ، އެ ކޯސްތައް ނިންމި 150 ބައިވެރީންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މިއީ ފެބްރުއަރީ މަހު ސްޓެލްކޯއިން އިފްތިތާހު ކުރި ޕްރޮގަރްމާކެވެ. ސިލްސިލާކޮށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މިހާތަނަށް އަށް ބެޗެއް ވަނީ ނިންމައިފައެވެ.

ސްޓެލްކޯއިން އަންހެނުންނަށް ކަރަންޓްގެ މަސައްކަތް ދަސްކޮށްދިނުމަށް ހިންގި ކޯސްތަކުގެ ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއީ ބޭސިކް ވަޔަރިންގްއާއި، ވަޔަރުކުރުމުގައި ގެންގުޅޭންޖެހޭ އުސޫލުތަކާއި އެހެނިހެން އަސާސީ ކަންކަން ދަސްކޮށްދޭ ކޯހެއް ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

ސްޓެލްކޯއިން ބުނީ ރޯދަމަހަށްފަހު ސިލްސިލާކޮށް އެ ޕްރޮގްރާމް އަނެއްކާވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ، ސްޓެލްކޯއިން ހިންގި ޕްރޮގްރާމުގެ ބޭނުމަކީ ހަމައެކަނި އަންހެނުން އެފަދަ ވަޒީފާތަތަކަށް އަހުލުވެރިކުރުން ނޫން ކަމަށާއި އަދި އޭގައި އެހެނިހެން ފައިދާތައްވެސް އެބަހުރި ކަމަށެވެ.

ސްޓެލްކޯއިން އަންހެނުންނަށް ކަރަންޓްގެ މަސައްކަތް ދަސްކޮށްދިނުމަށް ހިންގި ކޯސްތަކުގެ ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

" ގޭގެ ހުރިހާ ކަންތައްތަކެއްގެ ޒިންމާ ނަގާބަޔަކީ ވެސް އަންހެން ކަނބަލުން. އަޅުގަނޑުމެން ފިރިހެނުއްނެއް ނޫން. މިފަދަ ޕްރޮގްރާމެއް ނިމިގެންދިޔުމާއެކު މިހާރު އަޅުގަނޑަށް ޔަގީންް ވެއްޖެ ގޭގައި އާންމުކޮށް އަޅުގަނޑުމެން ބޭނުން ކުރާ ފްރިޖެއްވިޔަސް ފަންކާއެއްވިޔަސް އެއާކޯނެއް ބޮތްކެއް ވިޔަސް މިހުރިހާ އެއްޗެއް މެނޭޖުކުރާ ބަޔަކީ އަންހެނުންނަށް ވުން." ޒުހޫރު ވިދާޅުވިއެވެ.

ސްޓެލްކޯގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއެވެ.

comment ކޮމެންޓް