ރޯދަމަހު ކުނި އުކާލައިދޭ ގަޑިއަކީ ރޭގަނޑު އަށަކުން ބާރައަށް

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުން ވެހިކަލަކުން، ތިލަފުއްޓަށް ކުނި ގެންދިއުމަށް އޮންނަ ކޮޅުވެއްޓިއަށް ކުނި ބާލަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރޯދަމަހު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ކުނި އުކާލައިދޭނީ، ރޭގަނޑު އަށަކުން ބާރައަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރޯދަމަހު މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ވެސް ގޭބިސީތަކުން ކުނިއުކާލަދޭނީ ރޭގަނޑު އަށަކުން ބާރަޔަށް ކަމަށެވެ. އަދި ބުނީ، މާލޭގައި ނަމަ ވިޔަފާރިތަކުން ކުނިނަގާނީ ހެނދުނު 10:00 ން މެންދުރު 15:30 އަށާއި ރޭގަނޑު 22:00 ން މެންދަމު 03:00 އަށް ކަމަށެވެ.

ވިޔަފާރިތަކުން، މާލެއިން ދުވާލުު ކުނި ނަގައިދިން ނަަމަވެސް ހުޅުމާލެއާއި ވިލިމާލެއިން ކުނި ނަގައިދޭނީ ރޭގަނޑު 20:00 ން ބާރަ ޖަހަން ދެން ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ވަނީ ރޯދަމަހު އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓން ވެސް ކުނިއުކާލަދޭ ގަޑިއަށް ބަދަލު ގެނެސްފައެވެ. އެގޮތުން އައްޑޫގައި ވިޔަފާރިތަކާ ގޭބިސީތަކަށް ކުނިއުކާލަދޭން ހަމަޖައްސައިފައިވަނީ ހެނދުނު 10:00ން މެންދުރު 15:30 އަށާއި ރޭގަނޑު 20:00 ން މެންދަމު ބާރަ ޖަހަން ދެނެވެ.

ރޯދަމަހު ފުވައްމުލަކުގައި ގޭބިސީތަކާއި ވިޔަފާރިތަކުން ކުނިއުކާލަދޭން ހަމަޖައްސައިފައިވަނީ ހެނދުނު 10:00 ން މެންދުރު 15:30 އަށެވެ.

comment ކޮމެންޓް