އުރީދޫއިން ވާވޭގެ އެންމެ ފަހުގެ ފޯނު ޕީ20 ރާއްޖެއަށް ތައާރަފްކޮށްފި

ވާވޭ ޕީ20 ޕްރޯ ތައާރަފްކުރުން --- ފޮޓޯ: އުރީދޫ

ވާވޭގެ އެންމެ ފަހުގެ ފޯނު ވާވޭ ޕީ20 ސްރީޒްގެ ފޯނުތައް އުރީދޫއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ރޭ ބޭއްވި ހަފްލާއެއްގައި މި ފޯނުތައް ރާއްޖެއަށް ތައާރަފްކޮށްފައިވާއިރު، މި ފޯނުތައް ވިއްކުމަށް އުރީދޫއިން ވަނީ ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ.

މި ފޯނުތަކަށް ބަލާއިރު، ވާވޭގެ ޕީ20 ޕްރޯއަކީ ދުނިޔޭގެ ފުރަތަމަ ލެއިކާ ޓްރިޕަލް ކެމެރާ ހިމަނާފައިވާ ފޯނެކެވެ. މި ސްމާޓްފޯން ސީރީޒްއާ އެކު، ޕްރޮފެޝަނަލް ކޮލިޓީގެ ފޮޓޯ ނެގުން ވަރަށް ފަސޭހަކަމަކަށް ވާނެއެވެ.

ސްޕެސިފިކޭޝަންތައް

  • ޕީ20 ޕްރޯގައި ލެއިކާ ޓްރިޕަލް ކެމެރާ އާއި x5 ހައިބްރިޑް ޒޫމް، އަދި ޕީ20 ގައި ލެއިކާ ޑުއަލް ކެމެރާ ހިމެނިފައިވާއިރު، މި ސީރީޒްގެ ފޯނުތަކުގެ އެޑްވާންސް ކެމެރާ ސިސްޓަމް މެދުވެރިކޮށް ޕްރޮފެޝަނަލް ފެންވަރުގައި ފޮޓޯ ނެގޭނެ.
  • އުފެއްދުންތެރި ފޮޓޯގްރަފީ ފީޗާސް ތެރޭގައި، އޭއައި މެދުވެރިކޮށް ޕްރޮފެޝަނަލް ފޮޓޯ ނަގަން ބޭނުންކުރާ މާސްޓާ އޭއައިއާއި، އޭއައި މެދުވެރިކޮށް ފޮޓޯ އިމޭޖްތައް ސްޓޭބަލް ކުރާ ވާވޭ އޭއައިއެސް (އާޓިފިޝަލް އިންޓެލިޖެންސް އިމޭޖް ސްޓޭބަލައިޒޭޝަން) ހިމެނޭ.
  • ވަރަށް ރީތީ ގްރޭޑިއަންޓް ކުލަތަކެއް ހިމެނޭ، މުޅިން އައު އަދި ވަރަށް ތަފާތު ޑިޒައިންތަކެއް ވާވޭއިން ވަނީ ތައާރަފްކޮށްފައި.
  • އެންޕީޔޫ ހިމެނޭ ކިރިން 970 ޕްރޮސެސަރ އަދި އެންޑްރޮއިޑް 8.1 ގައި އީއެމްޔޫއައި 8.1 ޔޫސާ އިންޓަފޭސް މެދުވެރިކޮށް ވާވޭގެ ޕީ20 ފޯނުތަކުން ލިބޭ ތަޖުރިބާއަށް ވަނީ ފާހަގަކުރެވޭ ކުރިއެރުމެއް ހޯދާފައި.

ފޯނުގެ އަގާއި އެވެއިލަބިލިޓީ

އުރީދޫއިން ތައާރަފްކޮށްފައިވާ ހާއްސަ ޕެކޭޖާއެކު، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ވަރަށް ފަސޭހަކަމާއެކު ރަނގަޅު އަގެއްގައި ފޯނުތައް ލިބެނެއެވެ. އަދި މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު ތިން ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

މަންތުލީ އިންސްޓޯލްމަންޓް ޕްލޭން

މަހަކު އެންމެ 825 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވާވޭ ޕީ20 ސީރީޒްގެ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫއިން ވަނީ މިއަދު ފަށާފައެވެ.

މަހުފީ (ރ.)

ޑައުންޕޭމަންޓް (ރ.)

ހޭންޑްސެޓް

825.00

1,099.00

ވާވޭ ޕީ20

1,075.00

1,099.00

ވާވޭ ޕީ20 ޕްރޯ

މި ޕްލޭނަކީ އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ޕްލޭނެކެވެ.

ފުލް ޕޭމަންޓް ޕްލޭން

އަގު (ރފ.)

ހޭންޑްސެޓް

11,299.00

ވާވޭ ޕީ20

14,299.00

ވާވޭ ޕީ20 ޕްރޯ

ފުލް ޕޭމަންޓް ޕްލޭން އަދި އިންސްޓޯލްމަންޓް ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު ތިން ޖީބީގެ ޑޭޓާ ހިލޭ ލިބޭނެއެވެ.

comment ކޮމެންޓް