ބޯހިޔާވަހިކަމުގެ ސްކީމާއެކު އެމްޑަބްލިއުއެސްސީ މުވައްޒަފުން އުފަލުން ފޮޅިފައި!

އެމްޑަބްލިއުއެސްސީ ހިޔާ ސްކީމް އިފްތިތާހު ކުރުން --- ފޮޓޯ: އެމްޑަބްލިއުއެސްސީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިފްތިތާހުކުރި ހިޔާ މަޝްރޫއާއެކު ރައްޔިތުންނަށް ލިބިގެން ދިޔައީ އުފާވެރިކަމުގެ އުއްމީދެކެވެ. ޚާއްސަކޮށް ކުންފުނިތަކުގެ މުވައްޒަފުންނަށް ލިބިގެންދިޔައީ އުފާވެރި ހަބަރެކެވެ. ކުންފުނިތަކުން މުވައްޒަފުންނަށް ހާއްސަކޮށްގެން ހެޔޮއަގެއްގައި ފްލެޓްް ދޫކުރަން ނިންމި ޚަބަރެވެ.

ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އަޅާ ޓަވަރުތަކުގެ ތެރެއިން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އަޅާ 15 ބުރީގެ ދެ ޓަވަރުގެ އަމަލީ މަސައްކަތް މިއަހަރުގެ ފެބްރުއަރީމަހު ވަނީ ފަށައިފައެވެ. މި ޓަވަރުތަކުގައި ޖުމްލަ 384 އެޕާޓްމެންޓް ހުންނާނެއެވެ. މީގެ ތެރެއިން 2 އެޕާޓްމެންޓް ހާއްސަ ކޮށްފައިވަނީ އަލަތު ކައިވެނިކުރާ ޒުވާނުންނަށް ދޭ އެޕާޓްމެންޓުގެ ގޮތުގައެވެ.

އެމްޑަބްލިއުއެސްސީން އަޅާ ޓަވަރުތަކުގައި ހުންނާނީ، އެއް ކޮޓަރީގެ އެޕާޓްމެންޓް، ދެ ކޮޓަރީގެ އެޕާޓްމެންޓް، ދެކޮޓަރި މެއިޑް ރޫމަކާއެކު އަދި ތިން ކޮޓަރީގެ އެޕާޓްމެންޓާއި ތިންކޮޓަރި ގުދަނާއެކު ހުންނަ އެޕާޓްމެންޓެވެ.

މި ދެ ޓަވަރު އެޅުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް އާއެވެ. މިއީ ދެ އަހަރު ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

އެމްޑަބްލިއުއެސްސީން އަޅާ އެޕާޓްމެންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެކުންފުނީގެ މުވައްޒަފުންނަށް މިއަދު ވަނީ ހުޅުވާލައިފައެވެ. ހެޔޮއަގެއްގައި، ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމުތަކާއެކު އެމްޑަބްލިއުއެސްސީ ހިޔާ، މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ސްކީމް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ޗެއާޕާސަން އަހުމަދު ނާސިރެވެ.

މި ދެ ޓަވަރު އިމާރާތް ކުރުމަށް ކުންފުނިން ބޮޑު ހޭދައެއް ކުރާއިރު، އެޕާޓްމެންޓްތައް ވިއްކުމަށް ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ލުއި ލޯނުގެ އިންތިޒާމުވެސް އެ ކުންފުނިން ވަނީހަމަޖައްސައިފައެވެ. ކުޑަ އިންޓްރެސްޓަކާއެކު މި ލޯނު ދޫކުރާއިރު އެޕާޓްމެންޓް ވިއްކާ އަގުގެ 20 ޕަސެންޓް، ޕޭމަންޓުގެ ގޮތުގައި ހަތަރު މަސް ދުވަސް ތެރޭ ދައްކަން ޖެހެއެވެ.

މަހަކު އެޕާޓްމެންޓަށް ދައްކަންޖެހޭ ފައިސާގެ އަދަދުން ތިން މަހަށް ވާ ފައިސާ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހެއެވެ. އަދި އެޑްވާންސްގެ ގޮތުގައި ދައްކައިން ޖެހޭ ފައިސާ (ބުކިން ފީ) އެޕާޓްމެންޓް ލިބޭކަމުގެ ލިޔުން ހަވާލުކުރާތާ ހަފްތާއެއްގެ ތެރޭގައި ދައްކަން ޖެހެއެވެ. މީގެ އިތުރުން އިންޓްރެސްޓްގެ ގޮތުގައި 6.5 ޕަސެންޓް، މެނޭޖްމެންޓް ފީގެ ގޮތުގައި ކޮންމެ އަހަރަކު އެއް ޕަސެންޓް ދައްކަންޖެހެއެވެ. މި އެޕާޓްމެންޓަށް ފައިސާ ދެއްކުން 12 އަހަރަށް ބަހާލެވޭއިރު އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތުވެސް އެބައޮތެވެ. ބޭންކުތަކުން ފައިސާ ހަމަޖައްސައި ފައިސާ ދައްކަން ބޭނުންވާ މުވަައްޒަފުންނަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ފެބްރުއަރީ 25، 2018: ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީއިން ހުޅުމާލޭގައި އަޅާ ޓަވަރުތަކުގެ މަޝްރޫހު އިފްތިތާހުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޕާޓްމެންޓްގެ އަގު

އެއް ކޮޓަރި، 393.95 އަކަފޫޓު: ޖުމްލަ އަށް އެޕާޓްމެންޓް ( 1 ވަނަ ފަންގިފިލާ އިން 4 ވަނަ ފަންގިފިލާ އަށް) ވިއްކާ އަގަކީ 794،100 ރުފިޔާ. ބުކިން ފީގެ ގޮތުގައި ދައްކަން ޖެހެނީ 60،000 ރުފިޔާ މަހަކު ދައްކަންޖެހޭނީ ގާތްގަނޑަކަށް 6704 ރުފިޔާ.

އެއްކޮޓަރި 398.87 އަކަފޫޓު: ޖުމްލަ އަށް އެޕާޓްމެންޓް (1 ވަނަ ފަންގިފިލާ އިން 4 ވަނަ ފަންގިފިލާ އަށް) ވިއްކާ އަގަކީ 804،050. ބުކިން ފީގެ ގޮތުގައި ދައްކަން ޖެހެނީ 60000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 6788 ރުފިޔާ.

އެއްކޮޓަރި، 398.85 އަކަފޫޓު: ޖުމްލަ އަށް އެޕާޓްމެންޓް ( 1 ވަނަ ފަންގިފިލާ އިން 4 ވަނަ ފަންގިފިލާ އަށް). ވިއްކާ އަގަކީ 804،000 ރުފިޔާ. ބުކިން ފީއަކީ 60000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 6787 ރުފިޔާ.

އެއްކޮޓަރި 396.83 އަކަފޫޓު: ޖުމްލަ 16 އެޕާޓްމެންޓް (1 ވަނަ ފަންގިފިލާ އިން 4 ވަނަ ފަންގިފިލާ އަށް) ވިއްކާ އަގަކީ 799900 ރުފިޔާ. ބުކިން ފީއަކީ 60000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 6753 ރުފިޔާ.

އެއްކޮޓަރި 381.55 އަކަފޫޓު: ޖުމްލަ އަށް އެޕާޓްމެންޓް ( 1 ވަނަ ފަންގިފިލާ އިން 4 ވަނަ ފަންގިފިލާ އަށް). ވިއްކާ އަގަކީ 769100 ރުފިޔާ. ބުކިން ފީއަކީ 60000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 6493 ރުފިޔާ.

އެއްކޮޓަރި 398.41 އަކަފޫޓު: ޖުމްލަ އަށް އެޕާޓްމެންޓް (1 ވަނަ ފަންގިފިލާ އިން 4 ވަނަ ފަންގިފިލާ އަށް). ވިއްކާ އަގަކީ 803،100 ރުފިޔާ. ބުކިން ފީއަކީ 60000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 6780 ރުފިޔާ.

އެއްކޮޓަރި 386.43 އަކަފޫޓު: ޖުމްލަ އަށް އެޕާޓްމެންޓް ( 1 ވަނަ ފަންގިފިލާ އިން 4 ވަނަ ފަންގިފިލާ އަށް). ވިއްކާ އަގަކީ 779000 ރުފިޔާ. ބުކިން ފީއަކީ 60000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 6576 ރުފިޔާ.

އެއްކޮޓަރި 386.59 އަކަފޫޓު: ޖުމްލަ އަށް އެޕާޓްމެންޓް ( 1 ވަނަ ފަންގިފިލާ އިން 4 ވަނަ ފަންގިފިލާ އަށް). ވިއްކާ އަގަކީ 779300 ރުފިޔާ. ބުކިން ފީއަކީ 60000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 6759 ރުފިޔާ.

އެއްކޮޓަރި 405.18 އަކަފޫޓު: ޖުމްލަ40 އެޕާޓްމެންޓް ( 5 ވަނަ ފަންގިފިލާ އިން 14 ވަނަ ފަންގިފިލާ އަށް). ވިއްކާ އަގަކީ 816،750 ރުފިޔާ. ބުކިން ފީއަކީ 60000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ6895 ރުފިޔާ.

1+2 ކޮޓަރި 692.63 އަކަފޫޓު: ޖުމްލަ 40 އެޕާޓްމެންޓް (5 ވަނަ ފަންގިފިލާ އިން 14 ވަނަ ފަންގިފިލާ އަށް). ވިއްކާ އަގަކީ1،396،200 ރުފިޔާ. ބުކިން ފީއަކީ 85،000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 11،786 ރުފިޔާ.

1+2 ކޮޓަރި 701.28 އަކަފޫޓު: ޖުމްލަ 40 އެޕާޓްމެންޓް (5 ވަނަ ފަންގިފިލާ އިން 14 ވަނަ ފަންގިފިލާ އަށް). ވިއްކާ އަގަކީ 1،413،600 ރުފިޔާ. ބުކިން ފީއަކީ 85،000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 11،933ރުފިޔާ.

3 ކޮޓަރި 720.08 އަކަފޫޓް: ޖުމްލަ 40 އެޕާޓްމެންޓް (5 ވަނަ ފަންގިފިލާ އިން 14 ވަނަ ފަންގިފިލާ އަށް). ވިއްކާ އަގަކީ 1،451،500 ރުފިޔާ. ބުކިން ފީއަކީ 115،000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 12،253 ރުފިޔާ.

3 ކޮޓަރި 722.59 އަކަފޫޓް: ޖުމްލަ 40 އެޕާޓްމެންޓް (5 ވަނަ ފަންގިފިލާ އިން 14 ވަނަ ފަންގިފިލާ އަށް). ވިއްކާ އަގަކީ 1،456،550 ރުފިޔާ. ބުކިން ފީއަކީ 115،000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 12،296 ރުފިޔާ.

3 ކޮޓަރި (ސްޓޯރޭޖާއެކު) 734.00 އަކަފޫޓް: ޖުމްލަ 40 އެޕާޓްމެންޓް (5 ވަނަ ފަންގިފިލާ އިިން 14 ވަނަ ފަންގިފިލާ އަށް) ވިއްކާ އަގަކީ 1،663،950 ރުފިޔާ. ބުކިން ފީއަކީ 115،000 ރުފިޔާ. މަހަކު ދައްކަން ޖެހެނީ 14،047 ރުފިޔާ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ބޯހިޔާވަހިކަމަކީ ހުރިހާ ރައްޔިތުންނަށްވެސް މިވަގުތު ދިމާވެފައިވާ ގޮންޖެހުމެއް ކަމަށެވެ. ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅާ ދެ ޓަވަރުގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމައި މުވައްޒަފުންނަށް ދޫކުރާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

"312 އެޕާޓްމެންޓް އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ލިބިގެންދާނެ. މީގެ ތެރޭގައި އެއް ކޮޓަރި، ދެ ކޮޓަރި 2+1 އަދި ތިން ކޮޓަރި އެޕާޓްމެންޓް ހުންނާނެ. މެނޭޖްމެންޓާއި ބޯޑުގެ އިރުޝާދުގެ ދަށުން އަޅުގަނޑުމެން ބެލީ އެންމެ ހެޔޮއަގެއްގައި މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނީ ކިހިނެއްތޯ،" ފަޒުލް ވިދާޅުވިއެވެ.

މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ފްލެޓަށް އެދި ފޯމު ދޫކުރުމާއި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ފްލެޓްތަކަކީ ހެޔޮ އަގެއްގައި އެ ކުންފުނީގެ މުވައްޒަފުންނަށް ދޫކުރާނެ ފްލެޓްތަކެކެވެ. މި އެޕާޓްމެންޓްތަކާއެކު އެ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

comment ކޮމެންޓް