ރޯދަމަހާ ގުޅުވައިގެން ކުޑަކުދީންނަށް ޚާއްސަ ދީނީ ފޮތެއް ނެރެފި

ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރުނު ދީނީ ފޮތް---

ރަމަޟާން މަހާ ގުޅުން ހުރި ތަފާތު މައުލޫމާތުތައް ހިމަނައިގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ދީނީ ފޮތެއް ނެރެފިއެވެ.

"ރަމަޟާން އެކްޓިވިޓީ ބުކް ފޮ ކިޑްސް"ގެ ނަމުގައި އިނގިރޭސި ބަހުން ނެރެފައިވާ އެ ފޮތުގެ ފުރަތަމަ ބައި ނެރުނީ މިދިޔަ އަހަރު އެވެ. މަރިޔަމް އީމާން އިބްރާހިމް ލިޔެފައިވާ އެ ފޮތުގައި ކުޑަކުދީންނަށް ހާއްސަކޮށްގެން ޖުމްލަ 30 މަސައްކަތް ވަނީ ހިމަނާފައެވެ.

އެ ފޮތުގައި އުނގެނުމުގެ ތެރެއިން ކުރެވިދާނެ މަސައްކަތްތައް ހިމަނާފައިވާއިރު އެ ފޮތުގައި ކޮންމެެ ދުވަހަކަށް ނަމާދު ޗާޓެއް ވެސް ވަނީ ހިމަނާފައެވެ.

ރަމަޟާން މަހުގެ ފުރިހަމަ މައުލޫމާތު ލިބޭ ގޮތަށް އެ ފޮތް ވަނީ ތައްޔާރުކޮށްފައެވެ.

އެ ފޮތް ލިޔުނު އީމާން ބުނީ ފޮތުގައި ހިމަނާފައިވާ މައުލޫމާތުގެ ސަބަބުން ކުދީން ރަމަޟާން މަހަށް ޝައުގުވެރިވެ، ރޯދަ ހިފުމަށް ބާރުއެޅޭނެ ކަމަށެވެ.

ފޮތުގައި ކުލަ ޖައްސާނެ ޗާޓެއްގެ އިތުރުން ރޯދަ ހިފުމުގައި ކުދިން ހާސިލްކޮށްފައިވާ މިންވަރު ފެނިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ހަމައެއާއެކު އެ ފޮތުގައި ރޯދަމަސް ނިމިގެންދާއިރު ގާތް އެކުވެރިންގެ އިތުރުން އާއިލާގެ މެންބަރުންނަށް ދޭން އީދު ކާޑެއް ތައްޔާރު ކުރާނެ ގޮތް ވެސް ހިމަނާފައިވެއެވެ.

އޭގެ ފޮތެއް ވިއްކަނީ 50 ރުފިޔާއަށެވެ. އެ ފޮތް އަސްރަފީ ބުކްޝޮޕް، ނޮވެލްޓީ އަދި ރައުންވަން ބުކްޝޮޕް އިން މިހާރު ލިބެން ހުންނާނެއެވެ.

comment ކޮމެންޓް