ވަރަށް ޚާއްސަ އޮފާތަކަކާއެކު ޝީޝާގެ "ސައިކަލު ތާރސްޓް" ފަށައިފި

ޝީޝާ ޝޯރޫމް، މާލެ --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ރަމަޟާން މަހަށް ހާއްސަކޮށްގެން ޝީޝާއިން ކޮންމެ އަހަރަކުވެސް ޚާއްސަ އޮފާތަކަކާއެކު ކުރިއަށް ގެންދާ "ސައިކަލު ތާރސްޓް" ޕްރޮމޯޝަން ފަށައިފިއެވެ.

ޝީޝާއަކީ ދިވެހިރާއްޖޭގައި ހޮންޑާ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

ޝީޝާއިން "ސައިކަލު ތާރސްޓް" ޕްރޮމޯޝަން ފެށީ އިއްޔެއެވެ. އަދި ޖޫން މަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށް ދާނެކަމާށް ޝީޝާއިން މައުލޫމާތު ދެއެވެ.

ޕްރޮމޯޝަނުގެ ދަށުން ހުރިހާ ސައިކަލުތަކުންވެސް 5،000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ޝީޝާ އިންސްޓޯލްމަންޓް ސްކީމުގެ ދަށުންވެސް ޑިސްކައުންޓް ލިބޭނެކަމަށް މައުލޫމާތު ދެއެވެ.

ޝީޝާ ޝޯރޫމް، މާލެ --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

މީގެ އިތުރުން ސިލެކްޓެޑް މޮޑަލްތަކަކުން "ޒީރޯ ޑައުންޕޭމަންޓް" އޮފާ ލިބޭނެކަމަށާއި، އެ ސައިކަލުތަކަށް ޑައުންޕޭމެންޓުގެ ގޮތުގައި އަގުގެ 10 ޕަސަންޓު ދެއްކުމުން އިންސްޓޮލްމަންޓް ޗާޖަކީ ހަމަ އެންމެ ޕަސަންޓެއް ކަމަށް ޝީޝާއިން ބުންޏެވެ.

އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުންް ޝީޝާއިން ހޮންޑާ ސައިކަލެއް ގަންނަން ބޭނުންވާ ނަމަ، ހޮންޑާ މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް އިންސްޓޯލްމަންޓް ކަލްކިއުލޭޓު ކުރެވޭނެއެވެ.

ޝީޝާއިން ބުނީ މި ޕްރޮމޯޝަން، މާލޭގެ އިތުރުން ހުޅުމާލެ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ވެސް ކުރިއަށް ދާނެ ަކަމށެވެ.

އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ (އެމްއެފްއެލްސީ)ގެ މެދުވެރިކޮށް ސައިކަލު ނަގާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.

comment ކޮމެންޓް