ޒައިނަބުގެ ހަޔާތުގެ މައްޗަށް ޓެލެފިލްމެއް ހަދަން އުޅޭތީ ޒައިނަބުގެ ބައްޕަ ދައުވާކުރަނީ

ޒައިނަބުގެ ހަޔާތުގެ މައްޗަށް ހަދާ ޓެލެފިލްމުގެ ޕޯސްޓަރު--

މިއަހަރުގެ ޖެނުއަރީމަހު ރޭޕްކުރުމަށް ފަހު މަރާލާއި އެއްލާލައިފައިއޮތް ޒައިނަބުގެ ހަޔާތުގެ މައްޗަށް ޓެލެފިލްމެއް ހަދަން އުޅޭތީ އެފިލްމް ހަދަން އުޅޭ ޗެނަލްއާ ދެކޮޅަށް ދައުވާކުރަން ޒައިނަބުގެ ބައްޕަ އަމީން އަންސާރީ ނިންމައިފިއެވެ.

އެ މައްސަލައިގައި އަމީން އަންސާރީ ދައުވާކުރަނީ އޭނާގެ އާއިލާއަށް ނަފްސާނީގޮތުން އެކަމުން އަސަރުކޮށްފައިވާ ކަމަށް ބުނެއެވެ. އަންސާރީ ބުނީ އެ ފިލްމު ހަދާމީހުން އޭނާގެ އާއިލާގެ ހައްގުތަކަށް ވެސް އަރައިގެންފައިވާ ކަމަށެވެ.

" ޒައިނަބް ކީ ގާތިލް"ގެ ނަމުގައި ނަމުގައި ނެރެން އުޅޭ ޓެލެފިލްމަކީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހަދާ ފިލްމެއް ކަމަށް ފިލްމު އުފައްދާ ފަރާތުން ބުންޏެވެ. ނަމަވެސް އެފިލްމު ހެދުމަށް ޒައިނަބުގެ އާއިލާގެ ހުއްދަ ނަގާފައެއް ނުވެއެވެ.

އެ ފިލްމުގެ ޕޯސްޓަރު މިހާރު ވަނީ ރިލީސްކޮށްފައެވެ. ޕޯސްޓަރުގައި ޒައިނަބް ވަރުގެ ކުޑަ އަންހެން ކުއްޖަކުގެ އަނގަމަތީގައި ފިރިހެނަކު އަތް އަޅައިގެން ހުރެއެވެ.

ޕާކިސްތާނުގައި ހަތް އަހަރުގެ ޒައިނަބު އަންސާރީ ރޭޕްކޮށް މަރާލި މައްސަލާގައި، ގާތިލު އިމްރާން އަލީ ވަނީ މަރަން ހުކުމްކޮށްފައެވެ. ނަމަވެސް އެހުކުމް އަދި މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް