އައިޖީއެމްއެޗު ނަރުހުންގެ ޔުނީފޯމަށް ބަދަލެއް

އައިޖީއެމްްއެޗުގެ ނަރުހުންގެ އާ ޔުނީފޯމް --- ފޮޓޯ އައިޖީއެމްއެޗް

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ނަރުހުންގެ ޔުނީފޯމަށް ބަދަލުތަކެއް ގެނެސްފި އެވެ.

މިހާރު އައިޖީއެމްއެޗުގެ ނަރުހުން ލައިގެން އުޅޭ މަޑު ނޫކުލައިގެ ޔުނީފޯމުގެ ބަދަލުގައި މިއަދު ތައާރަފްކޮށްފައި ވަނީ ހޮސްޕިޓަލު ތެރޭގައި ލައިގެން އުޅޭނެ "ސްކްރަބް" އެކެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެ ހޮސްޕިޓަލުގެ ނަރުހުން އާންމުކޮށް ލައިގެން އުޅުނު ޔުނީފޯމުގެ ބަދަލުގައި މިއަދު ބޭނުން ކުރަން ފެށި ސްކްރަބް، މުވައްޒަފުން ބޭނުން ކުރާނީ ހަމައެކަނި ހޮސްޕިޓަލުގެ ތެރޭގައި ކަމަށެވެ.

އައިޖީއެމްްއެޗް ނަރުހުންގެ އާ ޔުނީފޯމް --- ފޮޓޯ އައިޖީއެމްއެޗް

"މީގެ ކުރިން ނަރުހުން މި އަންނަނީ ގެއިން ޔުނީފޯމު ލައިގެން. އެކަމަކު މިއަދު މި ތައާރަފްކުރި ސްކްރަބް ލާނީ އޮފީސް ވަގުތު. މިއީ ބަލި މީހުންނަށް ވެސް ރައްކާތެރި ގޮތަކަށް ވާނެ. ހޮސްޕިޓަލުން ބޭރުގައި މި ޔުނީފޯމް ބޭނުމެއް ނުކުރާނެ،" އޮފިޝަލު ވިދާޅުވި އެވެ.

ކުރިން ލައިގެން އުޅުނު ހުދު ޔުނީފޯމުގެ ބަދަލުގައި އައިޖީއެމްއެޗުގެ ނަރުހުންނަށް 2016 ވަނަ އަހަރު ވަނީ މަޑު ނޫ ކުލައެއްގެ ޔުނީފޯމެއް ތައާރަފްކޮށްފަ އެވެ. މިއަދު ތައާރަފްކުރި ސްކްރަބް އަކީ ވިލު ނޫކުލައިގެ، ހުދު މާތަކެއް ޖަހާފައި ހުންނާނެ ހެދުމެކެވެ.

comment ކޮމެންޓް