ޑެޑްޕޫލް 2ގެ ފޭން ސްކްރީނިން އަންނަ އަންގާރަ ދުވަހު ޝްވެކް ސިނަމާގައި

ޑެޑްޕޫލް 2ގެ މަންޒަރެއް---

މިމަހު ސްކްރީނަށް އަންނަން ހަމަޖެހިފައިވާ ފިލްމު "ޑެޑްޕޫލް 2"ގެ ފޭން ސްކްރީނިން، އަންނަ އަންގާރަ ދުވަހު ޝްވެކް ސިނަމާގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޝްވެކް ސިނަމާއިން ބުނީ އަންގާރަ ދުވަހު ބާއްވާ ފޭން ސްކްރީނިންގެ ޓިކެޓް މާދަމާ އިރުއޮއްސި 6:00 އިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ.

ޑެޑްޕޫލް 2ގެ މާޗަންޑައިޒް ---

ޓިކެޓް ލިބެން ހުންނާނީ ހަމައެކަނި މާލޭގައި ހުންނަ ޝްވެކް ސިނަމާ އިން ކަމަށާއި ނަމަވެސް ފޭން ސްކްރީނިން އޮންނާނީ ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައި ކަމަށް ވެސް އެ ސިނަމާ އިން ބުންޏެވެ.

ފޭން ސްކްރީނިން އޮންނާނީ ހޮލީވުޑްގައި ފިލްމު ރިލީޒްކުރުމުގެ ތިން ދުވަސް ކުރިން ކަމަށް ވެސް އެ ސިނަމާ އިން ބުންޏެވެ. އަދި ފޭން ސްކްރީނިންގެ ޓިކެޓް، ޕޮޕްކޯނާއި ބުއިމަކާއެކު 150 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށްވެސް އެ ސިނަމާ އިން ބުންޏެވެ.

ޝްވެކް އިން ބުނީ ޑެޑްޕޫލް 2ގެ ފޭން ސްކްރީނިންގެ ޓިކެޓް ގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ކޮންމެވެސް ތިން ފަރާތަކަށް "ޑެޑްޕޫލް 2 މާޗަންޑައިޒް" ލިބިގެންދާނެ ކަމަށެވެ.

ޑޭވިޑް ލީޗް ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގެ ބައެއް ކާސްޓުންގެ ތެރޭގައި ޖޯޝް ބްރޮލިން، ރަޔަން ރޭނޮލްޑްސް، ޒަޒީ ބީޓްސް، ޖެކް ކެސީ ހިމެނޭނެއެވެ.

ވިހި ވަނަ ސެންޗަރީ ފޮކްސްގެ އިތުރުން ތިން ކުންފުންޏެއް ގުޅިގެން އުފައްދާ އެ ފިލްމަކީ ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެކެވެ.

ޑެޑްޕޫލް 2 ގެ ޕްރޮޑަކްޓްސް ---

"ޑެޑްޕޫލް 2" އަކީ އެމެރިކަން ސުޕަހީރޯ ފިލްމެކެވެ. އެ ފިލްމަކީ 2016 ވަނަ އަހަރު ނުކުތް "ޑެޑްޕޫލް"ގެ ސީކުއަލް އެކެވެ.

comment ކޮމެންޓް