ބީއެމްއެލް- ކޮންމެ ރައްޔިތެއްގެ ހަޔާތާ ގުޅި ލާމެހިފައި!

ބީއެމްއެލްގެ މޯބައިލް އެޕްގެ ޚިދުމަތް-- ފޮޓޯ: ބީއެމްއެލް

މިއަދު ދިވެހީން މިދަނީ ތަރައްގީގެ އެކި ކުލަތަކާއި އެކި ރަހަތައް ތަޖްރިބާކުރަމުންނެވެ. މީގެ ކުރީން ނުދެކޭ މިންވަރަށެވެ. އެހާ ހަލުއި ދުވެލީގައެވެ. އެންމެ ފަހުގެ ޓެކްނޯލޮޖީއާއި ދިރިއުޅުމުގައި ބޭނުންކުރާ އެންމެ ޒަމާނީ އެތައް ކަންތައްތަކެއް ފަހިވެގެން ދަނީއެވެ. މިހުރިހާ ކަމެއްގައިވެސް އެކި ގޮތްގޮތުން އެކި މިންވަރަށް ހިއްސާވާ ވަރަށް ޚާއްސަ މިތުރެއް އެބަވެއެވެ. އެއީ އަހަރެމެންގެ ގައުމީ ބޭންކު ކަމަށްވާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އެވެ.

ބީއެމްއެލް ނުވަތަ "އަހަރެމެންގެ ބޭންކް"އަކީ މިއަދު ދިވެހިރާއްޖޭގައި އެންމެ ކުރިއަރާފައިވާ މާލީ އިދާރާއެވެ. ފުރިހަމަ ބޭންކެއްގެ ގޮތުގައި މުޅި ރާއްޖޭގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް މާލީ ޚިދުމަތް ފޯރުކޮށްދޭ ބޭންކެވެ.

ބީއެމްއެލްގެ ކޭޝް އޭޖެންޓްގެ ޚިދުމަތް ހޯދަނީ -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިގައުމުގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ބީއެމްއެލްގެ ބްރާންޗުތަކާއި، ސެލްފް ސަރވިސް ސެންޓަރުތަކާއި ކޭޝް އޭޖެންޓުން، ރިލޭޝަންޝިޕް މެނޭޖަރުން އަދި އިންޓަރނެޓް ބޭންކިންގ ފަދަ ޚިދުމަތްތަކުން ދިވެހި ކޮންމެ ފަރުދެއްގެ ވެސް ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ދިވެހި ބޭންކަކީ އެތައް ހާސް ފަރުދުންނަށާއި އާއިލާތަކަށް އަދި ވިޔަފާރިތަކަށްވެސް ކުރިއެރުން ގެނެސްދޭ ޤައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ބައިވެރިއެކެވެ.

ގައުމީ ބޭންކުން އެންމެ ބޮޑަށް އިސްކަންދޭ ކަތްތައްތަކުގެ ތެރޭގައި ދިވެހިރައްޔިތުންނަށް އެކިގޮތްގޮތުން ކުރިއެރުމާއި ތަރައްގީ ހޯދައިދިނުން ހިމެނެއެވެ. ބޭންކުގެ އަހަރީ ރިޕޯޓުން ހާމަވާގޮތުގައި، އެ ބޭންކުގެ އަމާޒުތަކުގެ ތެރޭގައި "މުޖުތަމައުގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރުމާއި އަދި ޙިއްޞާދާރުންނަށް ވެސް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައިދިނުން" ހިމެނެއެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ-- ފޮޓޯ: ބީއެމްލް

ބީއެމްއެލްގެ ވިޔަފާރީގެ ގާބިލްކަމަށް ބަލާއިރު މިއަދު އެ ބޭންކު އޮތީ ހަރުދަނާ މާލީ ބިންގަލެއްގެ މަތީގައެވެ. އެގޮތުން ބޭންކުން ޖަމާކޮށްފައިވާ ފައިސާގެ ޖުމްލަ 15 ބިލިއަން ރުފިޔާއަށް އަރައެވެ. އެސެޓްތަކުގެ ޖުމްލަ 22 ބިލިއަން ރުފިޔާއަށް އަރައެވެ. ޤަވާޢިދުގައި ލާޒިމްކުރާ މިންގަނޑަށްވުރެ ރައުސްމާލުގެ ފުދުންތެރިކަން ވަރަށް ބޮޑު ތަން އިތުރެވެ.

މިދެންނެވި ކަންތައްތަކާއެކު ދިވެހީންގެ ގައުމީ ބޭންކުން މިއަދު ވަނީ، 260،000 އަށް ވުރެ ގިނަ ކަސްޓަމަރުންގެ ފުރިހަމަ އިތުބާރު ހޯދައިފައެވެ. ކަސްޓަމަރުންނާ އެކު ހަރުދަނާ ގުޅުމެއް ވަނީ ގާއިމުކޮށްފައެވެ. ރާއްޖޭގެ ބޭންކިންގ ދާއިރާގައި ރީޓޭލް، ކޯޕަރޭޓް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ޙިއްޞާއެއް އޮތީ ބީއެމްއެލްގެއެވެ.

އާ ޚިދުމަތްތައް ތައާރަފްކުރުމުގައި ވެސް ބީއެމްއެލް ގުނާލެވެނީ ހަމަ އެންމެ ކުރީ ސަފުގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޕީއޯއެސް ޚިދުމަތް ތައާރަފުކޮށް ޕީއޯއެސް ނެޓްވޯކްގައި 5000 އަށް ވުރެ ގިނަ ކާޑު މެޝިން މިހާރުވެސް އެބަހުއްޓެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގގެ ޚިދުމަތް ތައާރަފުކުރީވެސް ބީއެމްއެލްއިންނެވެ. މީގެ އިތުރުން، އެންމެ ފުރަތަމަ ނަގުދު ފައިސާ އަދި ޗެކް ޑިޕޮސިޓް ކުރާ މެޝިން ބެހެއްޓީވެސް ގައުމީ ބޭންކުންނެވެ. އެއީ 2014 ވަނަ އަހަރުއެވެ.

ބީއެމްއެލްގެ ޕީއޯއެސް މެޝިން ޚިދުމަތް-- ފޮޓޯ: ބީއެމްއެލް

ބޭންކިން ދާއިރާގައި ރައްޔިތުންނަށް ތަފާތު ލުއިފަސޭހަތައް ހޯދައި ދިނުމަކީ ދިވެހީންގެ ބޭންކުން އަބަދުވެސް އެންމެ ކުރީގައި ތިބުމަށް އަމާޒު ހިފާފައިވާ ކަންތައްތަކެވެ. އެގޮތުން އެބޭންކުން ދަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރާންޗުތަކާ، އޭޓީއެމް އަދި ޕީއޯއެސް ފަދަ ޚިދުމަތްތަކުގެ މައްޗަށް ގާއިމުކޮށްފައިވާ އެންމެ ބޮޑު ވިއުގަ ފުޅާކޮށް ވަރުގަދަކުރަމުންނެވެ. 300،000 އަށްވުރެ ގިނަ ކާޑު ކަސްޓަމަރުން މިހާރުވެސް އެ ބޭންކުގައި ތިބި އިރު، ރާއްޖޭގައި މާސްޓަރ ކާޑާއި ވިސާ ކާޑުގެ ޚިދުމަތް ދޭ ހަމައެކަނި ޕްރިންސިޕަލް މެންބަރަކީ ބީއެމްއެލްއެވެ. އަދި ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑުގެ ޚިދުމަތް ދޭ ހަމައެކަނި ފަރާތަކީވެސް ބީއެމްއެލްއެވެ.

ބީއެމްއެލް ވާއު ކިޑްޒް ރަން -- ފޮޓޯ/ ބީއެމްއެލް

މިފަދަ ކާމިޔާބުގޮތެއްގައި ބޭންކެއްވިޔަސް އަދި މިފަދަ އެހެން ޚިދުމަތެއް ނަމަވެސް ކުރިއަރައި ދާނީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަން ޔަގީނެވެ. ގައުމީ ބޭންކުން މިއަދު ހޯދަމުންދާ ހުރިހާ ކާމިޔާބެއްގެވެސް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ދިވެހީންނެވެ. ގިނަ އަދަދެއްގެ ކެރޭ ހީވާގި ދިވެހި މުވައްޒަފުންނެވެ. ބޭންކަށް އިތުބާރުކުރާ އެތަކެއް ހާސް ކަސްޓަމަރުންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރޭން-- ފޮޓޯ: ބީއެމްއެލް

ހިންގުމުގެ އެންމެ އިސް މަޤާމުތަކުގައި ބޭންކިންގ ދާއިރާއިން ބައިނަލްއަޤުވާމީ ތަޖުރިބާ ލިބިފައި ފަރާތްތައް ހިމެނޭއިރު، ދިވެހީންގެ ގައުމީ ބޭންކަކީ، 950 އަށް ވުރެ ގިނަ ހީވާގި މުވައްޒަފުންނާއެކު ރާއްޖޭގެ ބޭންކިންގ ދާއިރާގައި އެންމެ ގިނަ ވަޒީފާގެ ފުރުޞަތުފޯރުކޮށްދޭ ފަރާތެވެ. އޭގެ ތެރޭގައި ދިވެހި މުވައްޒަފުންގެ ނިސްބަތް 99% އަށް އަރައެވެ. މިދެންނެވި މުވައްޒަފުންގެ ތިންބައިކުޅައެއްބައި މުވައްޒަފުން ވަޒީފާ އަދާކުރަނީ އަތޮޅުތަކުގައެވެ.

comment ކޮމެންޓް