ޑްރޮޕް ބޮކްސް އަށް ފުރަތަމަ ކުއާޓަރުގައި ފައިދާ

ފައިލް ޝެއަރިން އެޕްލިކޭޝަން ޑްރޮޕް ބޮކްސްގެ ހިއްސާ އާންމުންނަށް ވިއްކާލަން ހުޅުވާލި ފަހުން އާންމު ކުރި ފުރަތަމަ ކުއާޓާގެ ހިސާބުތައް އާންމުކޮށްފި އެވެ.

އެ ހިސާބުތަކަށް ބަލާ އިރު އެ ކުންފުންޏަށް ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ ބޮޑު ފައިދާއެއް ވަނީ ލިބިފަ އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާ އިރު ފައިސާ ދައްކައިގެން ޑްރޮޕް ބޮކްސް ބޭނުންކުރާ ޔޫޒަރުންގެ އަތުން އެވްރެޖް ރެވެނިއު ޕާޔޫޒާގެ ގޮތުގައި ޖުމުލަ 114.3 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެކުންފުނިން ލަފާކޮށްފައި ވަނީ 110 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.

ފައިސާ ދައްކައިގެން ޑްރޮޕް ބޮކްސް ބޭނުންކުރާ މީހުންގެ އަދަދު ވެސް ފާއިތުވި ތިން މަހު ވަނީ އިތުރުވެފަ އެވެ.

ކުންފުނީގެ ހިއްސާ ވިއްކައިގެން 316 މިލިއަން ޑޮލަރު ލިބިފައިވާ އިރު އައިޕީއޯ އާ ގުޅުން ހުރި ހަރަދުތަކުގެ ސަބަބުން ފައިދާ ދަށްވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެކުންފުނިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ނިމޭއިރު ކުންފުންޏަށް ފައިދާގެ ގޮތުގައި 12.8 ބިލިއަން ޑޮލަރު ލިބޭނެ އެވެ.

comment ކޮމެންޓް