އާމިރުގެ "ތަގްސް އޮފް ހިންދުސްތާން" ރިލީޒްކުރާނީ އައިމެކްސް ފޯމެޓްގައި

އާމިރު ހާން އަދި އަމީތާބް--

މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އެންމެ އުންމީދީ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ރިލީޒްކުރާނީ އައިމެކްސް ފޯމެޓްގައި ކަމަށް އިއުލާންކޮށްފިއެވެ.

މިއަހަރު ނުކުންނާނެ އެންމެ އުންމީދީ އެއް ފިލްމު އައިމެކްސް ފޯމެޓްގައި ރިލީޒްކުރަން ނިންމީ ފިލްމު "ހައި ކޮލިޓީ"ގައި ބަލާލަން ބޭނުންވާތީ ކަމަށް އާމިރު ވަނީ ބުނެފައެވެ.

އައިމެކްސް ފޯމެޓަކީ އެންމެ ހައި ކޮލިޓީ ރިޒޮލިއުޝަންގައި ބޮޑު ސްކްރީން ފިލްމްތައް ބަލައިލެވޭ ފޯމެޓެވެ.

"މި ފިލްމު އައިމެކްސް ފޯމެޓްގައި ފެނުމަކީ ތަފާތު ކަމެއް ތަޖުރިބާ ކޮށްލުން ކަހަލަ ކަމެއް. ވަރަށް ސަޅި ވާނެ. އާ އެކްސްޕީރިއެންސް އަކަށް ވާނެ. ފިލްމު އެ ކޮލިޓީގައި ބަލާލަން ކެތްމަދު،" އާމިރު ބުންޏެވެ.

އާމިރު އާއި ބޮލީވުޑްގެ ލެޖެންޑް އަމީތާބު ބައްޗަން އެކުގައި ފެނިގެންދާ އެ ފިލްމު ރިލީޒްކުރާނީ އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާ ޑައިރެކްޓް ކުރާ އެ ފިލްމުގައި އަންހެން ތަރިންގެ ގޮތުގައި ފެނިގެންދާނީ ކެޓްރީނާ ކައިފް އަދި ފާތިމާ ސަނާ ޝެއިހް އެވެ.

comment ކޮމެންޓް