ޖީމެއިލްގެ އާ ޑިޒައިނާއެކު ގޫގުލް ޑްރައިވްއަށް ވެސް ބަދަލެއް

ގޫގުލް ޑްރައިވް އިންޓަފޭސްއަށް ގެނައި ބަދަލު ---

ގޫގުލް އިން ދާދިފަހުން ވަނީ ޖީމެއިލް ޕްލެޓްފޯމް އޯވާހޯލް ކޮށްފައެވެ. ޖީމެއިލްއަށް ގެނައި ބަދަލާއެކު ގޫގުލްއިން ވަނީ މިހާރު، ގޫގުލް ޑްރައިވަށް ވެސް ބަދަލު ގެނެސް އިންޓަފޭސް ބަދަލުކޮށްލައިފައެވެ.

މި ބަދަލާއެކު ގޫގުލް ޑްރައިވް ބޭނުންކުރާ މީހުންނަށް މާ ބޮޑު ދައްޗެއް ކުރިމައްޗެއް ނުވާނެއެވެ. ހަމައެކަނި އައި ބަދަލެއް އައިސްފައިވަނީ އިންޓަފޭސްއަށެވެ.

ގޫގުލް ޑްރައިވަށް ގެނައި ބަދަލުތަކަށް ބަލާއިރު އައިކަންސްތައް ހިމަނާފައި ހުރި ތަންތަނަށް ގެނައި ބަދަަލުތަކާއި ހެޑާގެ ފޮންޓަށް ގެނައި ބަދަލު ހިމެނެއެވެ. މީގެ ކުރިން އަޅި ކުލައިގައި އެޕްގެ ބެކްގްރައުންޑް ހުރި ނަމަވެސް މިހާރު ބެކްގްރައުންޑްގެ ކުލަ ވަނީ ހުދު ކުލައަށް ބަދަލުކޮށްފައެވެ.

ގޫގުލް އިން ބުނީ މިހާރު މި ބަދަލު ފެންނާނީ ޖީ ސޫޓް އެޑިޝަން ބޭނުންކުރާ މީހުންނަށް ނަމަވެސް ކުރިއަށް އޮތްތަނުގައި ގޫގުލް ޑްރައިވް ބޭނުންކުރާ ހުރިހާ އެންމެންނަށް މި ބަދަލު ފެންނާނެ ކަމަށެވެ.

comment ކޮމެންޓް