ސްނެޕްޗެޓަށް އަނެއްކާވެސް ބަދަލެއް

މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ސްނެޕް ޗެޓަށް އަނެއްކާވެސް ބަދަލެއް ގެނެސްފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސްނެޕްޗެޓް "އޯވާހޯލް" ކުރުމުން ޔޫޒަރުން ވަނީ ވަރަށް ރުޅިގަދަވެފައެވެ. އަދި ސްނެޕްޗެޓާ ދެކޮޅަށް 1.2 ބިލިއަން ޔޫޒަރުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށް، ކުރީގެ އިންޓަފޭސް އަލުން ގެނައުމަށް ގޮވާލައިފައެވެ.

ސްނެޕްގެ އާ އަޕްޑޭޓް ---

ޔޫޒަރުންގެ ބައެއް ޝަކުވާތައް އަޑުއަހައި، ސްނެޕްޗެޓުން މިހާރު ވަނީ އަނެއްކާވެސް އިންޓަފޭސް ބަދަލުކުރަން ފަށައިފައެވެ. އައިއޯއެސްގެ ބައެއް ޔޫޒަރުންނަށް މިހާރު އާ އަޕްޑޭޓު ވަނީ ލިބިފައެވެ.

ސްނެޕްޗެޓުން ބުނީ މި ބަދަލާއެކު މިހާރު ސްނެޕްތައް ހުންނާނީ ކްރޮނޮލޮޖިކަލް އޯޑަރުން ކަމަށެވެ. އަދި ސްނެޕް ސްޓޯރީތައް އަނެއްކާވެސް ކަނާތް ފަޅިއަށް ބަދަލުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްނެޕްޗެޓުން އަނެއްކާވެސް އިންޓަފޭސްއަށް ބަދަލު ގެނެސްފައި މިވަނީ ކުރިން ގެނައި ބަދަލާއެކު އެ ކުންފުންޏަށް ލިބުނު ފައިދާ ދަށްވުމާ ގުޅިގެންނެވެ. ސްނެޕް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވި ނަމަވެސް ލިބުނު ފައިދާ ވަނީ ދަށްވެފައެވެ.

މި އަޕްޑޭޓް އައިއޯއެސްގެ ގިނަ ފޯނުތަކަށް ވަނީ ލިބިފައެވެ. އެންޑްރޮއިޑް ފޯނުތަކަށް މި އަޕްޑޭޓް ލިބޭނެ ދުވަހެއް އަދި ނޭނގެއެވެ.

comment ކޮމެންޓް