އެމްއެންޔޫއެސްޔޫގެ ގުރުއާން މުބާރާތުގެ އެއްވަނަ މަމްދޫހާ އަދި ރިފްދާއަށް

އެމްއެންޔޫއެސްޔޫއިން ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމްދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫއެސްޔޫ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ޤުރުުއާން މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރު ރިފްދާ މުޙައްމަދު ރަޝީދަށް އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ ދަރިވަރަކަށް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރު މަމްދޫޙާ ޢަބްދުލްޢަޒީޒް ހޯދައިފިއެވެ.

އެމް.އެން.ޔޫ.އެސް.ޔޫއާއި އެ ޖަމިއްޔާގެ ގޮތްޕެއްކަމަށްވާ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) ގުޅިގެން "އެމް.އެން.ޔޫ.އެސް.ޔޫ، އެސް.އެސް.އެލް ޤުރުއާން މުބާރާތް 2018"ގެ ނަމުގައި ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ރޭ ވަނީ އިނާމްތައް ދީފައެވެ.

އެމްއެންޔޫއެސްޔޫއިން ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމްދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫއެސްޔޫ

ގައުމީ ޔުނިވާސިޓީގައި ރޭ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ގުރުއާން މުބާރާތުން ވަނަތަކަށް އައި ދަރިވަރުންނަށް އިނާމްތައް ހަވާލުކޮށްދެއްވީ އެ ޔުނިވާސިޓީގެ ރެކްޓަރު ޑރ. ސައުދުﷲ އަލީއެވެ.

ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ހުރިހާ ފެކަލްޓީތަކެއްގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި ބާއްވައިފައިވަނީ މިދިޔަ މަހު 21 ވަނަ ދުވަހުއެވެ.

އެމްއެންޔޫއެސްޔޫއިން ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމްދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫއެސްޔޫ

މުބާރާތުގެ އިތުރު ވަނަތައް:

ނުބަލައި ކިޔެވެމުގެ ގޮފި:

  • 2 ވަނަ: ޝައްފާން ފާއިޤް (ފެކަލްޓީ އޮފް އެޑިއެކޭޝަން)
  • 3 ވަނަ: އާދަމް ނަޞީރު ޢަލީ (ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސް)

ބަލައިގެން ކިޔެވުމުގެ ގޮފި:

  • 2 ވަނަ: އާމިނަތު ޙުމައިދާ (ފެކަލްޓީ އޮފް އެޑިއުކޭޝަން)
  • 3 ވަނަ: ފާޠިމަތު ރާސިޔާ (ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ)

މުޅި މުބާރާތުން 1 ވަނަ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފި:

  • ނުބަލައި ކިޔެވުމުގެ ގޮފި: ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް)
  • ބަލައިގެން ކިޔެވުމުގެ ގޮފި: ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ)
comment ކޮމެންޓް