އުރީދޫން ނިއު ރޭޑިއަންޓާއެކު ކުޑަ ކުދިންނަށް ވަރަށް ތަފާތު ހަރަކާތެއް!

އުރީދޫން ނިއު ރޭޑިއަންޓާއެކު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ޝަމްޢޫން

ބައިނަލްއަގުވާނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫއާއި، އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

އުރީދޫން ކުރިއަށް ގެންދާ "ވަރަށް ތަފާތު" ކެމްޕެއިންގެ ދަށުން މިއަދު މާފަންނު މިނީ ޓާފްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައިވާ އިރު، ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް ވަނީ ބައިވެރިވެފައެވެ.

މިއަދުގެ ހަރަކާތުގައި ނިއުގެ ކުޅުންތެރިންނާއި ކުޑަކުދިންނާ ހާއްސަ މެޗެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ މެޗުގައި ގާތް ގަނޑަކަށް 60 ކުދިން ނިއުގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެފައިވާ އިރު، ހުރިހާ ކުދިންގެ ފަރާތުންވެސް ވަރަށް ބޮޑަށް އުފާވެރިކަން ފެނިގެން ގޮސްފައިވެއެވެ.

އުރީދޫން ކުރިއަށް ގެންދިޔަ ހަރަކާތާ ގުޅިގެން ކުންފުނީގެ ޑައިރަކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ މިއަދުގެ އިވެންޓްގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވެ، ނިމިގެންދިޔައީ ވަރަށް ފޯރިގަދަކޮށް ކަމަށެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އަޅުގަނޑުމެންގެ ބްރޭންޑް އެމްބެސެޑަރ ނިއު ރޭޑިއަންޓާއެކު ވަރަށް ހާއްސަ ފުޓުބޯޅަ މެޗެއް މި ކުރިއަށް ދިޔައީ. ގާތް ގަނޑަކަށް ކުޑަކުދިންގެ 60 ކުދިންނާ ނިއުގެ ހަ ކުޅުންތެރިންނާ އަރުވައިގެން މެޗު ކުރިއަށް މި ގެންދިޔައީ. ނިއުގެ ހަމަ އެންމެ މޮޅެތި ކުޅުންތެރިން، ސެންޓޭ، ދަގަނޑޭ، މި ކުޅުންތެރިންނާއެކު ވަރަށް ފޯރިގަދަކޮށް މިދިޔައީ،"

އުރީދޫން ނިއު ރޭޑިއަންޓާއެކު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ޝަމްޢޫން ނިޔާޒު ވިދާޅުވީ މިއަދުގެ އިވެންޓަކީ ވަރަށް ތަފާތު ކެމްޕެއިނެއްގެ ދަށުން ވަރަށް ތަފާތު ކަމެއް ކުރުމަށް ކުރިއަށްގެންދިޔަ އިވެންޓެއް ކަމަށާއި ކުދިންނަށް މިއަދުގެ އިވެންޓް ވެގެންދިޔައީ ވަރަށް އުފާވެރި އިވެންޓަކަށް ކަމަށެވެ.

"ވަރަށް ތަފާތު ކެމްޕެއިންގެ ދަށުން ވަރަށް ތަފާތު ކަމެއް ކުރަންވެގެން ކުރި ކަމެއް މިއީ. ވަރަށް ބޮޑަށް ކުދިންގެ ފަރާތުން އުފާވެރިކަން ފެނިގެންދިޔަ. އަޅުގަނޑުމެންނަށް ބެލެނިވެރިންގެ ފަރާތުން އިވިފައި އެބަހުރި ކުދިން ސްކޫލަށް ގޮސްފަވެސް ބުނިކަމަށް ، މިދަނީ އަސްލު މެޗެއް ކުޅެލާށޭ ދަގަނޑޭއާ ދެކޮޅަށް،" ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ނިޔާޒް ބުނީ އުރީދޫން ފުޓުބޯޅަ ފަދަ ކުޅިވަރުތައް ޕްރޯމޯޓް ކުރައްވަމުން ގެންދިއުމުގެ ބޭނުމަކީ ކުޑަކުދިން ކުޅިވަރުގެ މާހައުލުން ދުޅަހެޔޮ ސިއްހަތެއްގައި ތިބިމުގައި އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އުރީދޫން ނިއު ރޭޑިއަންޓާއެކު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ޝަމްޢޫން

މިއަދުގެ ހަރަކާތް ނިންމާލީ ހުރިހާ ކުދިންނާއި ނިއުގެ ކުޅުންތެރިނާއެކު ހާއްސަ ކޭކެއް ފެޅުމަށްފަހުގައެވެ. އުރީދޫއަކީ އިޖުތިމާއީ ކަންކަމުގައި އަބަދުވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. މީގެ ކުރިންވެސް ފްރާންސްގެ ޕީއެސްޖީއާ ގުޅިގެންވެސް ކުޑަކުދިންނަށް ހާއްސަ ކޯޗިން ކޭމްޕެއްވެސް އުރީދޫން ވަނީ ރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް