އާލިއާ ބަޓްގެ "ރާޒީ" ޕާކިސްތާނުގައި ދެއްކުން މަނާކޮށްފި

ރާޒީގެ ޕޯސްޓަރެއް---

އާލިއާ ބަޓް އާއި ވިކީ ކޯޝަލް ލީޑު ރޯލުން ފެނިގެންދާ، މޭގަން ގުލްޒާރުގެ ފިލްމު 'ރާޒީ' ޕާކިސްތާނުގައި ދެއްކުން އެގައުމުގެ ސެންސަރު ބޯޑުން މަނާކޮށްފި އެވެ.

މާދަމާ ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމު ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައި ވަނީ ފިލްމުގައި ޕާކިސްތާން ނުރަނގަޅު ގޮތަކަށް ދައްކުވައިދީފައި ވާތީ ކަމަށް ސެންސަރު ބޯޑުން ވަނީ ބުނެފަ އެވެ.

ޕާކިސްތާނުގެ އެއްވެސް ޑިސްޓްރިބިއުޓަރަކު ފިލްމް ގަނެފައެއް ނުވާކަމަށް ވެސް އެ ގައުމުގެ ސެންސަރު ބޯޑުން ވަނީ ބުނެފަ އެވެ.

ޖަންގްލީ ޕިކްޗާޒް އަދި ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި އާލިއާ ފެނިގެން ދަނީ 'ސެހްމަތު' ކިޔާ އިންޑިއާ އަންހެނެއްގެ ރޯލުންނެވެ.

ފިލްމުގައި އޭނާ އަކީ އިންޑިއާ އަށް ޖާސޫސް ކޮށްދިނުމަށް، ޕާކިސްތާނު ފުލުހަކާ ކައިވެނިކޮށްގެން ޕާކިސްތާނަށް ދާ މީހެކެވެ. ޓްރެއިލާ އިން ފެންނަ ގޮތުގައި އެ ފިލްމުގައި އޭނާ އަކީ ދަރި އެކެވެ. އަދި އަނތްބެކެވެ. އަދި ޖާސޫސް ކުރާ މީހެކެވެ.

'ރާޒީ' އަކީ ހަރިންދަރު ސިއްކާގެ ފޮތް 'ކޯލިންގް ސެހްމަތު'ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް