ތިމާވެއްޓަށްޓަކައި އިނގިރޭސިވިލާތުގައި ވެޓް ޓިޝޫ މަނާކުރަނީ

ތިވާމެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އިނގިރޭސި ވިލާތުގައި ވެޓް ޓިޝޫ ބޭނުންކުރުން މަނާކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އިނގިރޭސި ސަރުކާރުން ބުނީ ޕްލާސްޓިކް ކުނި މަދުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ އެއްޗެހީގެ ތެރޭގައި ހިމެނޭ ވެޓް ޓިޝޫ ބޭނުންކުރުން އެގައުމުގައ ހުއްޓުވަން ނިންމާފައިވާ ކަމަށެވެ. ވެޓް ޓިޝޫ އަކީ އަން ބަޔޯޑިގްރޭޑަބްލް ވޭސްޓް އެކެވެ.

ކުރިއަށް އޮތް 25 އަހަރު ތެރޭ އިގިރޭސިވިލާތުގައި އެއްފަހަރު ބޭނުންކުރާ (ސިންގަލް ޔޫސް) ޕްލާސްޓިކް އުފެއްދުންތައް މަނާކުރާމެއެވެ.

އެއާއެކު ދެން އޮތް ހަމައެކަނި ހައްލަކީ ޕްލާސްޓިކް ނުހިމަނާ ވެޓް ޓިޝޫ އުފެއްދުމެވެ. އެހެން ނޫނީ އެގައުމުގެ ރައްޔިތުން ދެން ޖެހޭނީ ވެޓް ޓިޝޫ ގެ ބަދަލުގައި އެހެން އުފެއްދުމެއް ހިޔާރު ކުރާށެވެ.

ވެޓް ޓިޝޫ އަކީ ކުޑަކުދިން ސާފުކުރަން މައިން ގިނައިން ބޭނުންކުރާ އެއްޗެކެވެ. މީގެ އިތުރުން އަވަހަށް އަތް ސާފުކޮށްލަން، މޭކަޕް ރިމޫވާ އެއްގެ ގޮތުގައިވެސް ވެޓް ޓިޝޫ ބޭނުންކުރާއިރު އިގިރޭސިވިލާތުގެ މައިން ވަނީ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ވާހަކަަ ދައްކަން ފަށައިފައެވެ.

ހަބަރުތައް ބުނާގޮތުން އިނިގިރޭސިވިލާތުގެ ސްވަރޭޖް ހޮޅިތަކުގެ 93 ޕަސެންޓް ހޮޅި ބެދެނީ މިކަހަލަ ޓިޝޫ އެޅި ހޮޅިތައް ބެދިގެންނެވެ.

"ވެޓް ޓިޝޫ އުފައްދާ ކުންފުނިތަކާއެކު މިހާރު ވާހަކަ ދައްކަމުންދަނީ، އޭތި ބޭނުންކުރުމަށްފަހު ޑިސްޕޯސް ކުރަން ހަދަންވީގޮތް ލޭބަލްގައި ލިޔުމަށް، ފާޚާނާއަށް ފްލަޝްކޮށް ހަދާނީ ބޮޑެތި މައްސަލަތައް ކުރިމަތިވޭ،" އެގައުމުގެ އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް